މާލެ ސިޓީގެ ކިނބިގަސްމަގާއި މޫނިމާ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ އިއްޔެ އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.

އަދި އެ ސަރަހައްދުން ކަރަންޓް މެދު ކެނޑޭނީ މެންދުރު 14:00 އާއި 16:00 އާ ދެމެދު ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.

މީގެއިތުރުން އެކުންފުނިން ވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މި މަސައްކަތްތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.