ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައިގެ ތަހްގީގަށް ކޮލަމާފުށި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
އެގޮތުން ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ އެރަށު އިސްމާއީލް އަޝްހަދު އަލީ، އަސަރީގެ (27އ) ކަމަށެވެ.
ފުލުހުން ބުނީ އިސްމާއީލް އަޝްހަދު ހޯދަނީ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އަދި މި މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ށ. ފުނަދޫ ފޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، އަންނަ މާރިޗު 2 ވަނަ ދުވަހުގެ 14:00 އަށް އިސްމާއީލް އަޝްހަދު ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެެވެ.