އައްޑޫ ސިޓީގައި މިރޭ ހިނގި މާރާމާރީއެއްގައި ދެމީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ އަނިޔާވެގެން އެތަނަށް ގެނެސްފައިވަނީ 20 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށްބޮޑަށް ސީރިއަސް ވެގެން އޭނާއަށްފަރުވާ ދެމުންގެންދަނީ އައީސީޔޫގައި ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ. މާރާމާރީގައި އޭނާގެ މެޔަށް ވަނީ ތޫނުއެއްޗަކުން ހަމަލާދީފައި ކަމަށް ވެސް އޭއީއެޗުން ވިދާޅުވިއެވެ. ދެވަނަ މީހާއަށް ލިބިފައިވާ އަނިޔާގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި މިމާރާމާރީ ހިނގި މިމާރާާމާރީގެ މައްސަަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މުރޭ 11:45 އެހައިކަންހާއިރު ކަމަށެވެ. މިމާރާމާރީއާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެއެވެ. ނިމިގެންދިޔަ ހަފްތާގައި ވެސް އައްޑޫސިޓީ ހިތަދުއާއި ފޭދޫގައި ވަނީ ގުރޫޕް މާރާމާރީތަކެއް ހިނގައިފައެވެ.