ކަޝްމީރަށް އާދަޔާ ޚިލާފަށް ބޯކޮށް ގަނޑުފެން ފޭބުމުން މަގުތައް ބަންދުވެ ކަރަންޓު ކެނޑި ހައިވޭތައް ހުއްޓުމަކަށް އައިސްފައި ވެއެވެ. އެންމެ ބޯކޮށް ގަނޑުފެން ފޭބުމުގެ ތެރޭގައި ހައިވޭއެއްގައި ތާށިވީ ޕަންޖާބުން ކަޝްމީރަށް ދިޔަ ފަތުރުވެރިންގެ ބޮޑު ގްރޫޕެއެވެ. މިމީހުން ދަތުރު ކުރި ބަސް، ސޯނާމަރްގް ހައިވޭގައި ހުއްޓި ކުރިއަށް ނުދެވުމުން ހިސާބުގެ މީހުންގެ އެހީއަށް އެދުނެވެ. އެހިސާބަކީ ހޮޓަލެއް ހުންނަ ހިސާބަކަށް ނުވެފައި ގެތައް (ޖިފުޓިތައް) ކުޑަވެފައި އެ އެންމެނަށް ހިޔާވަހިކަން ދެވޭނެ ގޮތެއް ނެތުމުން ގުންޑް އަވަށުގެ މީހުން ވަނީ އެ އަވަށުގެ ހުކުރު މިސްކިތުގައި މިމީހުންގެ މެހުމާން ދާރީ އަދާކޮށްފައެވެ.
މި ހުކުރު މިސްކިތަކީ މުސްކުޅި ހައްމާމެއް ހުންނަ މިސްކިތެއް ކަމުން ހޫނުފެނާއި ފެންވެރުމުގެ އިންތިޒާމު ހަމަޖައްސައި ދެވުނެވެ. އަދި އަމާންކަމާއެކު ރޭގަނޑު އެއްކޮށް އެމީހުންނަށް މިސްކިތުގައި ނިދާލަން ލިބުނެވެ.
ފަންޖާބު ފަތުރުވެރިން ވަނީ މިސްކިތުގައި އެމީހުންނަށް ލިބުނު އާދަޔާ ޚިލާފް މެހްމާންދާރީގެ ވާހަކަ މީސްމީޑިއާގައި ވީޑިއޯއާއެކު ހިއްސާކޮށްފައެވެ. އެ ވީޑިއޯތައް ވަނީ ވައިރަލް ވެގެން ގޮސްފައެވެ.