ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ %91 މަސައްކަތް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިހެން ބުނީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އެކުންފުނިން އިތުރަށް ބުނެފައިވަނީ އެގޮތުން، ބޭރު ތޮށި ޖެހުމުގެ މަސައްކަތް ނިމި، ރިވެޓްމަންޓް ޕްރޮފައިލްކުރުމުގެ މަސައްކަތުގެ %82 ވެސް ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން އެ ރަށު ގޮޑުދޮށަށް ވެލި ފުރުމުގެ މަސައްކަތުގެ %87 މަސައްކަތްވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.