މުބާރާތް މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ ދީނީ ސުވާލު މުބާރާތް 1446 ރަމަޟާންމަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ފޮއްދޫ ކައުންސިލުން މިހެން ބުނެފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ ކައުންސިލުން އާންމުކުރި އިއުލާނެއްގައެވެ.

އެގޮތުން ފޮއްދޫ ކައުންސިލުން ބުނީ މި ދީނީ ސުވާލު މުބާރާތަކީ ފޮއްދޫގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރި ކަން އިތުރުކޮށް ދީނީ ރޫހު އާލާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

މި މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތުގެ ގަވާއިދު ވަނީ ފޮއްދޫ ކައުންސިލުން ނެރުނު މި އިއުލާން (https://www.gazette.gov.mv/iulaan/328796) އާއިއެކު އާންމު ކޮށްފައެވެ.