ކުރިއަށް އޮތް ރޯދަމަހު މާލޭގައި ބަރު އުޅަނދު ދުއްވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ރަމަޟާންމަހުގެ ފުރަތަމަ 19 ދުވަހުގެ މާލޭގެ މަގުތަކުގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވޭނީ ހެނދުނު 9:30 އިން ހަވީރު 16:30 އަށެވެ. އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށެވެ. އީދު ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މި އުސޫލަށް އަމަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގ އިތުރުން ރޯދަމަހުގެ ފަހުދިހައެއްގެ ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 20:00 އާއި ދެމެދު ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު މާލޭ ސަރަހައްދުގެ މަގުތަކުގައި ދުއްވުން ވަނީ މަނާކޮށްފައެވެ.