މިސްކިތެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން މިސްކިތެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ޕާކިސްތާންގެ އިސްލާމްއާބާދުގެ ލާލް މަސްޖިދުގެ އިމާމްގެ އަންހެނުންނާއި އިތުރު 12 މީހަކު މިސްކިތެއްގެ ތެރޭން ހައްޔަރުކޮށްފިއެވެ.

އިސްލާމްއާބާދުގެ ލާލް މިސްކިތުގެ އިމާމުގެ އަންހެނުންނާއި ދިހަ މީހުން ބަންދުކޮށް 4 ދުވަހުގެ ބަންދު މުއްދަތު ޖަހާފައި ވަނީ މާރްގަލާ ޓައުންގެ މަދަނީ މިސްކިތުގެ ތެރޭގައި މާރާމާރީ ހިންގުމުންނެވެ.

މިމީހުން ގެންދިޔަ، އެންޓި ޓެރަރިޒަމް ކޯޓުގެ މެޖިސްޓްރޭޓް ތާހިރު އައްބާސް ސީޕްރާ މިމީހުންނާ ސުއާލު ކުރީ، "ކަލޭމެން މިސްކިތްތަކާއި ޒިޔާރަތްތަކާއި ފައްޅިތައް ފަދަ ދީނީ ތަންތާނގެ މިލްކުވެރިކަމާ މެދު ހަމަނުޖެހުން އުފައްދައި އެތަންތަނަށް ވަދެގެން މާރާމާރީ ހިންގަނީ އަޅެ ފަހެ، ކީއްވެގެން ހެއްޔެވެ؟"

ލާލް މިސްކިތުގެ އިމާމްގެ އަންހެނުން އުންމު ހަސަނު ބުނީ ތިމަން އެ މިސްކިތަށް ދިޔައީ އެތާނެގެ މިލްކުވެރިކަމާ ބެހޭ ގޮތުން މިވެރިންގެ މެދުގައި އުޅޭ ހަމަނުޖެހުން ހައްލު ކޮށްދޭން ކަމަށެވެ. ނަމަވެސް ޕީޖީ އެދުނު ގޮތަށް ވުރެން އެއް ދުވަސްވަސް މަދުކޮށް މެޖިސްޓްރޭޓު މިމީހުންނަށް މުއްދަތު ޖެއްސެވެ.

ސަރުކާރުގެ އުޅަނދުތަކަށް ހަމަލަދީ އެތަކެތި ހަލާކުކޮށްފައިވާ ކަމަށްވެސް މިމީހުންނަށް ތުހުމަތު ކޮށްފައި ވެއެވެ.

އިސްލާމްއާބާދުގެ ލާލް މިސްކިތަކީ ލޭހޫނު އިމާމެއްގެ ބެލުމުގެ ދަށުގައި އޮންނަ މިސްކިތެކެވެ. މުޝައްރަފްގެ ވެރިކަމުގައި މި މިސްކިތުގައި ހިނގި ހަމަނުޖެހުމެއް ރޫޅާލުމަށް ސިފައިން ފޮނުވައި މިސްކިތުގެ ބައެއް ތަޅާލިއެވެ.