އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ، މިއަދު ކުންފުނީގެ ހޮޕަރ ޑްރެޖަރ "މަހާ ޖައްރާފު" އަށް ޒިޔާރަތްކުރައްވައި، އުޅަނދުގެ އޮޕަރޭޝަންތައް ބައްލަވައި އަދި ފަޅުވެރިންނާ ބައްދަލުކުރެއްވިއެވެ.
މި ޒިޔާރަތުގައި އެމްޑީ ސައުދީ، މަހާ ޖައްރާފުގެ ކެޕްޓަނާއި ޑްރެޖް މާސްޓަރާ ބައްދަލުކުރައްވައި ވާހަކަދެއްކެވިއެވެ. މި ބައްދަލުވުމުގައި އެމްޑީ ސައުދީ، އެ ބޭފުޅުންގެ ވަފާތެރިކަމާއި އެމް.ޓީ.ސީ.ސީގެ މަޝްރޫޢުތަކުގައި އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރު ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.
އެމްޑީ ސައުދީ ވިދާޅުވީ، "މަހާ ޖައްރާފުގެ ފަޅުވެރިންގެ މިންނެތް މަސައްކަތުން ކުންފުންޏަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާ ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ވެސް ވަރަށް ބޮޑު ބޮޑު ހިއްސާއެއް ކުރެވެމުންދާ ކަމަށެވެ."
މަހާ ޖައްރާފަކީ އެމް.ޓީ.ސީ.ސީގެ އެންމެ މުހިންމު އެއް އުޅަނދު ކަމަށްވާއިރު، މި އުޅަނދު ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަނދަރު ހެދުމުގެ މަޝްރޫޢުތަކެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. އެމްޑީގެ މި ޒިޔާރަތަކީ މި މުހިންމު އުޅަނދުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފަޅުވެރިންގެ ހިތްވަރު އިތުރުކުރުމަށް ކުރެވުނު ޒިޔާރަތެއް ކަމަށް ބެލެވެއެވެ.