ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ގަޔާނާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް ހިޒް އެކްސެލެންސީ މުހައްމަދު އިރުފާން ޢަލީ އަށާއި، އެ ގައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މާކް ފިލިޕްސްއަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ގަޔާނާގެ ރައީސަށާއި ބޮޑުވަޒީރަށް ވަކީން ފޮނުއްވި މެސެޖުތަކުގައި ރައީސް ވަނީ އެ ބޭފުޅުންނަށް ފުރިހަމަ ސިއްހަތަކާއި އުފާފާގަތިކަން މިންވަރުކުރެއްވުމަށާއި ގަޔާނާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

ގަޔާނާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ، 1970 ވަނަ އަހަރު، އެ ގައުމު ޖުމްހޫރިއްޔަތަކަށް ބަދަލުވުން އިޙުތިފާލުކުރުމަށެވެ.