ޗައިނާގެ ސައިންސްވެރިން ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ، ޖާސޫސީ ކެމެރާ އުފައްދާފައެވެ. މިކެމެރާއަކީ 100 ކިލޯމީޓަރަށް ވުރެ ދުރުން މިލިމީޓަރު ލެވެލްގެ ރިޒޮލިއުޝަންގައި ފޮޓޯތައް ނަގައިދޭނެ ކެމެރާއެކެވެ.

މާނައަކީ ފަޒާގައި އެހެން ގައުމުތަކުގެ ސެޓެލައިޓްތައް ޗައިނާއަށް ފަސޭހަ ކަމާއެކު ހޯދޭނެއެވެ. އަދި ދުނިޔޭގެ ތިރީ އޯބިޓުގައި މި ކެމެރާ ބަހައްޓައިގެން ފޯކަސްކޮށްގެން ބިމުގައި ހުރި މީހެއްގެ މޫނުވެސް ބަރާބަރަށް ދަނެގެނެވޭނެއެވެ.

ލޭޒާ އޮޕްޓިކަލް އިމޭޖިން ޓެކްނޮލޮޖީއަކީ ޗައިނީސް އެކަޑަމީ އޮފް ސައިންސަސްގެ އޭރޮސްޕޭސް އިންފޮމޭޝަން ރިސާޗް އިންސްޓިޓިއުޓްގެ ޓީމުން އުފައްދާފައިވާ ޓެކްނޮލޮޖީން ހޯދުނު ކުރިއެރުމެކެވެ.

މިހާތަނަށް މި ވަރުގެ ބާރުގަދަ ކެމެރާއެއް އަދި އުފައްދާފައެއް ނުވެއވެ.

މަތީފެންވަރުގެ ކެމެރާތައް އުފެއްދުމުގައި، އެންމެ ފުރަތަމައަށް ކާމިޔާބު ހޯދީ، 2011 ވަނަ އަހަރު އެމެރިކާގެ ލޮކްހީޑް މާޓިން އިން ވަނީ 1 މޭލު ދުރުން 2 ސެންޓިމީޓަރުގެ ރެޒަލޫޝަނެއް ދައްކައިގެންނެވެ. އެއަށްފަހު ޗައިނާއިން ވަނީ، 4.3 މޭލު ދުރުން 5 ސެންޓިމީޓަރު ސާފުކޮށް ފެންނަ ވަރުގެ ރެޒަލޫޝަނެއް ދައްކާފައެވެ. މިހާރު އެންމެ ފަހުގެ އެންމެ މޮޅު ކެމެރާގައި ޗައިނާއިން ވަނީ 62 މޭލު ދުރުން މިމީޓަރުގެ ސާފު މިނެއްގެ ރެޒަލޫޝަން ދައްކާލާފައެވެ.