ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނޭ ކަމަށް ސީޕީޖޭ ރިޕޯޓުން ބުނެފި އެވެ. ޕާކިސްތާނަކީ، ނޫސްވެރިން މަރާލުމުގައި ދުނިޔޭގެ ދެވަނަ ކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފި އެވެ. ސީޕީޖޭގެ ރިޕޯޓުގައި ބުނެފައި ވަނީ، ސިޔާސީ ނުތަނަވަސްކަމާއި ސެންސަރު ކުރުމުގެގަވާއިދުތައް ހަރުކަށި ކުރަމުންގެންދާ ވަރަކަށް މީޑިއާގެ މަސައްކަތްތެރިންނަށް ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާކަމަށެވެ.

މިއަހަރުވެސް މިހާތަނަށް ޕާކިސްތާންގައި 6 ނޫސްވެރިން މަރުވިކަން ޑޮކިއުމެންޓްކޮށްފައި ވެއެވެ. މިއީ ނޫސްވެރިންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ ނިޒާމީ ދިގު ތާރީހެއް އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް ސީޕީޖޭއިން ބުނެފައި ވެއެވެ. ސަރުކާރަށް، ނުވަތަ ސިފައިންނަށް ނުވަތަ ގައުމުގެ ބާރުގަދަ ފަރާތްތަކަށް ފާޑުކިޔާ ނޫސްވެރިންނަށް ގިނަ ފަހަރަށް ކުރިމަތިވަނީ އިންޒާރުތަކާއި، ހަމަލާތަކާއި، ނިޒާމުން ގެއްލުވާލުމެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ތެރޭގައި އަބަދުވެސް ޕާކިސްތާނު ހިމެނިފައި ވެއެވެ. އަދި ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުން ގިނަ ނޫސްވެރިން ގައުމުން ބޭރަށް ސިޔާސީ ހިމާޔަތަށް ދެއެވެ.

ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީ (ޕެމްރާ) އިން މީޑިއާތަކަށް އަމުރުތައް ނެރެ، ބްރޯޑްކާސްޓް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ޑިކްޓޭޓް ކުރާކަން އެނގިފައިވާ ކަމަށްވެސް ސީޕީޖޭއިން ބުނެފައި ވެއެވެ. އަދި ކްރިޓިކަލް ކަވަރޭޖް ސެންސަރު ކުރަން ފަށާފައި ވުމުގެ ސަބަބުން ޕާކިސްތާންގެ އަސްކަރީ އޮޕަރޭޝަންތަކާއި ކޮރަޕްޝަނާއި އިންސާނީ ހައްގުތަކާ ހިލާފުވުން ފަދަ ނާޒުކު މައުޟޫއުތައް ކަވަރު ނުކުރުމުން ބައެއް ނޫސް މީޑިއާއިން ނިންމާފައި ވެއެވެ.