ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދަންމާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މާޗް ހަތަރު ވަނަ ދުވަހު އަޅާފައިވާ ފިޔަވަޅުތައް މާޗް 18 އިން ފެށިގެން އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 11:00 އިން ފަތިހު 04:30 ހާއި ހަމައަށް ބޭރުގައި އުޅުން މަނާކުރުމާއި، އެއްފަހަރާ ފަސް މީހުނަށްވުރެއް ގިނައިން ބޭރުގައި އުޅުން މަނާކުރުމާއި ދުއްވާ އުޅަނދުފަހަރު އިރުއޮށްސި 06:00 އިން ފެށިގެން ފަތިހު 04:30 އަށް ދުއްވުން މަނާކުރުމުގެ އިތުރުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު އަދި ކަސްރަތު ހަރަކާތްތައް ހުއްޓާލުން ހިމެނެއެވެ.

އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް 142 މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިއާއި އެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ މީހުންގެ އަދަދު މިވަނީ 21،961 އަށް އަރާފައެވެ. 19519 މީހުން ބަލިން ރަނގަޅުވެފައިވާ އިރު 118 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަަނަށް މިބަލީގައި 64 މީހަކު ވަނީ މަރުވެފައެވެ.