ލަންޑަންގެ މަޝްހޫރު ޓަވަރ ބްރިޖް ގެ މަތީ ބެރިތަކަށް އަރައި މީހަކު އިށީނދެ އިނުމުން ބްރިޖު ބަންދުކޮށްފިއެވެ. ބްރިޖު ބަލަހައްޓާ ފަރާތްތަކަށް ނޭނގި މިތަނަށް އެމީހާއަށް އެރުނީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ.

ޓަވަރ ބްރިޖް މިހާރު ބަންދުކޮށްފައި ވުމުން، ކާރުތަކާއި ބޯޓުތަކުގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ.

ފަޔާ ޓްރަކްތަކާއި އެހެނިހެން އިމަޖެންސީ ސާވިސްތަކުން ދަނީއެސަރަހއްދުގައި ހަރަކާތްތެރި ވަމުންނެވެ. މީގެ ކުރީ ދުވަހަކު މީހަކު އަރައި އިނީ ބިގްބެން ޓަވަރަށެވެ.