އެމް.ޓީ.ސީ.ސީގެ ފަރާތުން ބައިނަލް އަޤވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެކުންފުނީގެ ފަރާތުންވަނީ، ވަރަށް ޚާއްސަ ޑިނަރ ނައިޓެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ފައްޓަވައިދެއްވީ، އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، (ރިޓަޔަރޑް) ޑީސީޕީ އަޙްމަދު ސަޢުދީ، އެވެ. މިރަސްމިއްޔާތު ފައްޓަވައި ދެއްވަމުން ސަޢުދީ ދެއްކެވި ވާހަކަ ފުޅުގައި، އެމްޓީސީސީގެ އަންހެން މުވައްޒަފުންގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި އެކަނބަލުން ކުރައްވަމުންގެންދަވާ، މަސައްކަތްތަކާއި، ހިތްވަރަށް ސާބަހާއި ޝުކުރު ދެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ޖެނެރަލް މެނޭޖަރ، މިސް ފާޠިމަތު ޖަބީން، ދެއްކެވި ވާހަކަފުޅުގައި މުވައްޒަފުން ޕްރޮފެޝަނަލް ކުރިއެރުމުގެ ދަތުރު ކުރިއަށް ގެންދިއުމަށް ހިތްވަރުދެއްވިއެވެ. މި ރަސްމިއްޔާތު ނިމުނީ ލަކީ ޑްރޯއަކުން، އެ ގޮތުން ހޮވުނު ފަރާތްތަކަށް ވަރަށް ޚާއްސަ އިނާމެއްވަނީ ހަދިޔާކޮށްފައެވެ.