އާރު.ޑީ.ސީގެ ފަރާތުން ކުޅުދުއްފުށީގެ ޕާކިންގ ޒޯންގައި ތަޅުން އެޅުމުގެ މަސައްކަތް ނިންމާދެއްވައިފިއެވެ. މިއީ،ކުޅުދުއްފުށި ސިޓީގެ މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށާއި، މިސްކިތަށް އަންނަ ފަރާތްތަކަށް ފަސޭހަކަމާއިއެކު ޕާކުކުރެވޭނޭ ޖާގަ ތަނަވަސްކޮށްދިނުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނޫރު މިސްކިތުގެ އިރުމަތިން އިންވެގެން އޮތް 4 ގޯތި އެހެންތަނަކަށް ބަދަލުކުރުމަށްފަހު، އެ ބިމުގައި ހަދާފައިވާ ޕާކިންގ ޒޯނެކެވެ.
ޕާކިންޒޯންގައި ތަޅުންއެޅުމުގެ އަމަލީ މަސައްކަތްކޮށްދެއްވާފައި ވަނީ އާރު.ޑީ.ސީ ކުޅުދުއްފުށި ސައިޓްގެ މުވައްޒަފުންކަމަށްވާތީ، ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރުއަދާކުރަން.