އިނގިރޭސިވިލާތުގެ އައްސޭރިފަށުގައި ތެޔޮ އުފުލާ ބޯޓަކާއި އާގުބޯޓެއް މުޑިއަރައިގެން 38 މީހަކު މަރުވެއްޖެއެވެ. ތެޔޮ އުފުލާ ބޯޓަކީ އެމެރިކާގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެކެވެ.

އެހީ ދިނުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ބުނަނީ އަދިވެސް އިތުރު ބަޔަކު މަރުވެފައި ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މިމީހުން އެއްގަމަށް ގެނައުމުގެ މަސައްކަތް ކުރަމުން ދެއެވެ.