ގްރީސްގެ އެވިއާ ޖަޒީރާގައި ބޭބީންގެ ވަގުފާރިކުރާ ގްރޫޕެއް އުޅޭކަމަށް ބަލައި ތަހުގީގެއް ފަށައިފިއެވެ. ގްރީކް މީޑިއާގައި ރިޕޯޓުކޮށްފައިވާ ކުއްޖާ ވިހެއުމަށްފަހު ހަސްފަތާލުން ނިކުމެ މައިމީހާ ވަނީ ކުއްޖާ ވިއްކާލާފައެވެ.

މައިމީހާ ކުއްޖާ ވިއްކާފައި ވަނީ ސޯޝަލް މީޑިއާގައި އޭނާއާ ގުޅިފައި ހުރި ޖިޕްސީ ނަސްލުގެ މީހަކަށެވެ.

700 ޔޫރޯއަށް ވިއްކާލި މިކުއްޖާ ގަތް މީހާ ވަނީ އެކުއްޖާއަކީ އޭނާގެ އާއިލާގެ ކުއްޖެއްކަމަށް ދަފްތަރުގައި ޖައްސައި ރަޖިސްޓްރީ ކޮށްފައެވެ.

މި ހާދިސާއަކީ ބެބީންގެ ވަގުފާރިކުރާ ވިއުގައެއްގެ ބައެއް ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ މި ވިއުގައިގައި ހިމެނޭ މީހުން ހޯދުމަށް މަސައްކަތް ފަށާފައެވެ. އަދި ތުއްތު ކުއްޖާ ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.