ލ. ގަމުގައި މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެއްޖެއެވެ.

މަރުވެފައިވަނީ ގަން، ވެލަބުލިއާގޭ ފާތިމަތު މަނިކެ، 55އެވެ. އޭނާ މަރުވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް ގޮސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށެވެ.

ފާޠިމަތު މަނިކުގެ ޖަނާޖާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އާ ސަހަރާގައެވެ.

ލ. މުކުރިމަގުގައި އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ފާޠިމަތު މަނިކުގެ އިތުރުން ދެން އަނިޔާވީ 28 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 32 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.

މި ހާދިސާގައި ފާތިމަތު މަނިކެގެ ބޮލަށް ފަޅައިގެން، ސިކުނޑި އަށް ވަނީ ލޭ އެޅިފަ އެވެ.