ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށް، ޣައްޒާ މީހުން ބަނޑަށް ޖެއްސުމަށް ނާޒީ ޒަޔަނިސްޓުން ކުރަމުންދާ މަސައްކަތުގައި ރޯދަ މަހު ޣައްޒާގެ އާބަދީގެ 80 އިންސައްތަ ބަނޑަށް ޖައްސައިފިއެވެ. ޣައްޒާގައި ސަރުކާރުގެ މީޑިއާ އޮފީހުން ހުކުރު ދުވަހު އިންޒާރު ދީފައި ވަނީ މިހާރު ކުރިމަތި ވަމުންދާ ހައި ހޫނުކަމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށެވެ.
ނާޒީ ޒަޔަނިސްޓުން ޣައްޒާއަށް ކާނާ ވެއްދުން މަނާކޮށްފައިވާތާ މިހާރު 13 ދުވަސް ވެއްޖެއެވެ.
ނާޒީ ޒަޔަނިސްޓުންނަށް އެމެރިކާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގަން ދިން ފައިސާއާއި ހަތިޔާރު ބޭނުންކޮށްގެން ހިންގި ޖަރީމާތަކުގައި ޣައްޒާގެ ކާބޯތަކެތީގެ މަސްދަރުތަކުގެ ގާތްގަނޑަކަށް 80 ޕަސެންޓް ނާޒީ ޒަޔަނިސްޓުން ހަލާކުކޮށްލާފައި ވެއެވެ. މިހިނދު ނާޒީ ޒަޔަނިސްޓުންގެ ދަނޑު ގޮވާމުގެ އެންމެ ބޮޑު މަސްދަރަކީވެސް ގައްޒާގެ އުތުރުން ފޭރިގެންފައިވާ 40 ކިލޯމީޓަރުގެ ސަރަހައްދުގައި ނާޒީ ޖޫސް ކުރަމުންދާ ދަނޑުވެރިކަމެވެ.
ނާޒީ ޒަޔަނިސްޓުން ޣައްޒާ ބަނޑަށް ޖެއްސުމަށް ކާނާ ވެއްދުން މަނާ ކުރުމުގެ ސަބަބުން 25 ޕަސެންޓް ބޭކަރީތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ރައްޔިތުންނަށް ރޮށި ފިހެދޭ މި ބޭކަރީ ތަކަކީ އާންމުންގެ ކާނާގެ މުހިންމު ބައެކެވެ.
ނާޒީ ޒަޔަނިސްޓުން ވަނީ ޣައްޒާގެ ޑީސެލިނޭޝަން ޕްލާންޓްތަކުން ކަރަންޓުވެސް ކަނޑާލާފައެވެ. އެހެންވެ ޣައްޒާގެ ފަލަސްތީނުގެ 90 ޕަސެންޓް މީހުންނަށް ފެނުގެ މަސްދަރު ކަމަށްވާ ލޮނުފެން މީރުފެނަށް ހެދުމުގެ ވަސީލަތްތައްވެސް ވަނީ ހުއްޓި މީރު ފެނަށް ޖެހިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޮންސެންޓްރޭޝަން ކޭމްޕް ކަމަށްވާ ގައްޒާގައި އެމެރިކާއިން ވާގިވެރިވެގެން ހިންގި ހަނގުރާމައިގެ ޖަރީމާތަކާއި ހޮލޮކޯސްޓްގައި ނާޒީ ޒަޔަނިސްޓުން ވަނީ 61707 ފަލަސްޠީނު މީހުން ޝަހީދުކޮށްލާފައެވެ. އަދި ހަސްފަތާލު ތަކާއި ސްކޫލުތަކާއި ޔުނިވާސިޓީތަކާއި ގެތަކަށްވެސް ބޮންއަޅައި ބިމާ ހަމަކޮށްފައި ވެއެވެ. މިއީ ނާޒީންވެސް ނުހިންގާ ފަދަ ޖަރީމާތަކެވެ.