އިޒްރޭލުގެ ޖާސޫސީ އިދާރާގެ ކުރީގެ ރައީސް ނަތަންޔާހޫ ބްލެކްމެއިލް ކުރަން އުޅޭ ކަމަށް ބުނެ އޭނާގެ މައްސަލަ ތަހުގީގު ކުރުމަށް ނަތަންޔާހޫ ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.
ނަތަންޔާހޫއަކީ ގިނަ ޖިނާއީ މައްސަލަތަކެއްގައި މިހާރުވެސް ދައުވާ ކުރެވެމުންދާ މީހެކެވެ. ނަތަންޔާހޫ ވަނީ އިޒްރޭލުގެ ޖުޑިޝަރީ ހިލާލުމަށް އަލުން މަސައްކަތް ފަށާފައެވެ.
އިޒްރޭލުގެ ޖާސޫސީ އިދާރާގެ ކުރީގެ ރައީސް އަރްގަމަން ވަނީ ނަތަންޔާހޫ ގާނޫނާ ޚިލާފް ވެއްޖެނަމަ ބޭޒާރުކޮށްލާނެ ކަމުގެ އންޒާރު ދީފައެވެ. އަދި ނަތަންޔާހޫ ބޮލާ ފޮށޭ އެޅޭ ވަރަށް ފޮޓޯއާއި ވީޑިއޯތައް ހުރިކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ނަތަންޔާހޫ ފުލުހަށް ފޮނުވި ސިޓީގައި ބުނީ ގުންޑާއިންގެ ބައިގަނޑެއް އުޅޭހެން، އަރްގަމަން އޭނާ ބްލެކްމެއިލް ކުރަން އުޅޭތީ އެމައްސަލަ ތަހުގީގުކޮށް ދިނުމަށެވެ.