ބޭނުންވާތަކެތި

6 ބިސް ފެނުކައްކާ ދެފަޅިކޮށްފައި

1 ފިޔާ ( ކޮށާފައި)

3 ހިކަނދިފަތް

4 ބިލިމަގު ( ފަޅޮފަޅޮކޮށްފައި)

5 ރާނބާފަތްކޮޅު ( 2 /1 އިންޗިއަށް ބުރިބުރިކޮށްފަހުރި)

2 /1 ޖޯޑު ބޯކިރު

4 ޖޯޑު ތުނިކިރު

3 ހިކިމިރުސް ( ބުރިބުރިކޮށްފައި)

ރިހާކުރު ( ލޮނުރަހަދޭވަރަށް)

ތައްޔާރުކުރާނެގޮތް

ތެލި އުނދުނަމައްޗަށް އުދާލާފައި ކާށިކިރު ލޮނުރަހަދޭވަރަށް ރިހާކުރު އަދި ބިސް ފިޔަވައި ބާކީހުރިހުރިހާބާޥަތްތައް އެއްކޮށް އަޅާފައި ރަހަނިކުންނަވަރަށް ކެކުނީމާ ބިސް އެއްކޮށްފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.