ހަމާސްއާއެކު ސީދާ މަޝްވަރާތައް ބާއްވައި އެމެރިކާއަކީ އިޒްރޭލުގެ އެޖެންޓެއް ނޫން ކަމަށް ވިދާޅުވި އެޑަމް ބޯލަރގެ މަގާމު ދަށްކޮށްފިއެވެ. އިޒްރޭލުގެ ފިއްތުމާ ހެދި އޭނާއަށް އަންގާފައިވަނީ ޓްރަމްޕްގެ ޚާއްސަ މަންދޫބުގެ ދައުރު އަދާކުރުމުގެ ބަދަލުގައި ޓްރަމްޕަށް ރިޕޯޓު ކުރާ ގޮތަށް ސަރުކާރުގެ ޚާއްސަ މުވައްޒަފެއްގެ ގޮތުގައި ވައިޓްހައުސްގައި މަސައްކަތް ކުޜާށެވެ.

ފަލަސްޠީނު މީހުންގެ މެހުމާންދާތީގައި ތިބި ޒަޔަނިސްޓުންގެ ކަންކަން ބެލެހެއްޓމުގެ ބަދަލުގައި ބޯލަރ ދެން ބަހަލައްޓާނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބަންދުކޮށްފައިވާ އެމެރިކާ މީހުންގެ މައްސަލަތަކެވެ. ނަމަވެސް މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު ވިޓްކޮފް ބޭނުން ވެއްޖެނަމަ ބައެއް މައްސަލަތަކުގައި ބޯލަރގެ އެހީތެރިކަން ހޯދާނެއެވެ.

ބޯލަރ މެދުއިރުމައްޗަށް ދަތުރުކުރެއްވީ ޓްރަމްޕް ހުޅަނގު އައްސޭރިއަށް ކަނޑައަޅުއްވާފައިވާ ފަލަސްޠީނުގެ ދަރިކޮޅުގެ މަންދޫބު، ވިޔަފާރިވެރިޔާގެ ޖެޓްގައެވެ. އެ ޖެޓަކީ ކުރިން ޔާސިރު އަރަފާތު ބޭނުންކުރެއްވި ޖެޓެވެ.