އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އާއިޝަތު ފިފްޝީން އަލީ ވަކިކޮށްފިއެވެ.

ފިފްޝީން މަގާމުން ވަކިކޮށްފައިވާކަން ހާމަކޮށްފައިވަނީ ޕީސީބީން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓްގައެވެ.

އެ ޕޯސްޓްގައި ޕީސީބީއިން ބުނީ އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މއ. ސީރާޒީގެ، އާއިޝަތު ފިފްޝީން އަލީ މިއަދު އެ މަގާމުން ވަނީ ވަކިކޮށްފައިވާކަމަށެވެ.

މިދިޔަ އަހަރު ޖެނުއަރީ 23 ވަނަ ދުވަހު އެ މަގާމަށް ހަމަޖެއްސި ފިފްޝީން އެ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ބުނެފައެއް ނުވެއެވެ.