ސަލްމާން ޚާންގެ ކޮއްކޮ އަލްވިރާ ޚާން އާއި އަތުލް އަގުނީ ހޯތުރީގެ ދޮށީ ދަރިފުޅު އެލިޒާ ބޮލީވުޑް ފިލްމެއް ކުޅުމަށް ތައްޔާރުވެއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެލިޒާ ގެ ފުރަތަމަ ފިލްމުގައި އޭނާ އާއި އެކު ފެންނާނީ ފިލްމު ތައް އުފައްދާ ސޫރަޖު ބަރްޖަޔާ ގެ ދަރިފުޅު އަވިނިޝް ބަރްޖަޔާ އެވެ.
އެހެން ނަމަވެސް ރިޕޯޓަރުން ބުނަނީ މި ފިލްމުގެ ލީޑް ރޯލް އަދާކުރާނީ ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރާޖީވު ޑިއޯލް ކަމުގައެވެ. މީގެ އިތުރަށްވެސް ވަރަށް ގިނަ ޒުވާން ފަންނާނުން މި ފިލްމުން ފެނިގެން ދާނެކަމަށް ޚަބަރު ލިބެއެވެ.
މީގެ ކުރިންވެސް އެލިޒާ އަގުނީ ހޯތުރީ ފިލްމު ކުޅުމަށް ތައްޔާރު ވާކަމުގެ ޚަބަރުތައް ފެތުރުނެވެ. އެފަހަރު ޚަބަރު ފެތުރުނީ ސަލްމާން ޚާންގެ ދަބަންގް 3 ގައި އޭނާ ފެންނާނެ ކަމަށެވެ. ނަމަވެސް އެލިޒާގެ ބައްޕަ އަތުލް އަގުނީ ހޯތުރީ އާއި ސުވާލު ކުރުމުން މިއީ ދޮގު ޚަބަރެއް ކަން ހާމަކުރިއެވެ.
އެލިޒާ އަގުނީ ހޯތުރީ އަކީ ސަލްމާން ޚާންގެ ބައްޕަގެ އެންމެ ދޮށީ ކާފަ ދަރިފުޅެވެ. ސަލްމާން ޚާންއަށް ބޮޑުބޭބެ ކިޔާ، އެލިޒާ ސަލްމާން އާއެކު ބޮލީވްޑްގެ ބައެއް ހަފުލާތަކުން ފެނެއެވެ. އަދި އޭނާ ފިލްމު ކުޅުމަށް ނުކުންނަން އުޅޭވާހަކަތައް ދެކެވޭތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ.