ސްރީލަންކާގެ އީސްޓާ އީދުގައި ކްރިސްޓިއަން ފައްޅިއަށް ހައްދުފަހަނައަޅާފައިވާ މުސްލިމުންގެ ބަޔަކު ދިން ހަމަލާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ޗަންދާ ހޯދަން މަސައްކަތް ކުރި މީހުންގެ ތެރޭން މީހަކު މަކަރު ހަދައިފިއެވެ.

މީސްމީޑިއާގައި މިމީހާ މަކަރު ހެދީކަމަށް ތުހުމަތުކޮށް ގިނަ ޕޯސްޓްތަކެއް ދަނީ ދައުރު ވަމުންނެވެ. އަދި މިއާއެކު ހޭޝްޓެގް އިޝީނީގޭޓް ވެސް ވަނީ ވައިގައި ހިފާފައެވެ.

އިޝީނީ ވީރަސިންހެ އަކީ ކެނެޑާގައި ދިރިއުޅޭ އަންހެނެކެވެ. މީނާއަކީ އިންސްޓަގްރާމްގައި ނުފޫޒުގަދަ ކަމަށް ބެލެވޭ މީހެކެވެ.

އީސްޓަރގެ މަޒްލޫމުންނަށް ޗަންދާ ހޯދަން މިމީހާ ފަންޑްމީ ގައި އެދުމުން މީހުން ވަނީ ގިނަ އަދަދަކަށް ފައިސާ ދީފައެވެ.

މިމީހާއަށް ލިބިފައިވާ ޗަންދާގެ އަދަދު 83ހާހެއްހާ އެމެރިކާ ޑޮލަރުގައި އުޅޭނެކަމަށް ލަފާ ކުރެވެއެވެ. މިފައިސާ ލިބުނު ކަމުގެ މަޢްލޫމާތެއް ލިބިފައި ނެތްކަމަށް ހަމަލަ އަމާޒުވި ފައްޅިންވެސް ބުނެއެވެ.