ދިއާ މިރުޒާ އޭނާގެ ހަނީމޫނުގައި ހޭދަކުރާ ދުވަސްތަކުގެ ފޮޓޯތައް މީސް މީޑިއާގައި ހިއްސާ ކޮށްފިއެވެ. އޭނާގެ ހަނީމޫނުގައި ފިރިމީހައާއި އަދި ދޮން ދަރިފުޅާއެކު ހޭދަކުރަނީ ދިވެހިރާއްޖޭގެ ރިސޯޓެއް ކަމުގައިވާ މަނަފަރު މާލްޑިވްސް ގައެވެ.

ދިޔާ ހިއްސާ ކުރި ފޮޓޯއެއްގައި ލިޔެފައި ވަނީ މި ޗުއްޓީގައި ދިވެހިރާއްޖޭގައި އެމީހުން ވަރަށް ޚާއްޞަ ހަނދާންތަކެއް ރައްކާ ކުރާކަމެށެވެ.

މީގެ އިތުރަށް ދިޔާ ހިއްސާ ކުރި ވީޑިއޯއެއްގައި އެމީހުން ކޯމަސް ބަލަން ތިބި މަންޒަރު ދައްކައެވެ. އޭގައި ލިޔެފައިވަނީ އުފަލުންގޮސް ބުނާނެއެއްޗެއްވެސް ނޭގުނު ކަމަށެވެ. މީގެ އިތުރަށް ދިޔާ ލިޔެފައި ވަނީ ކޯމަސް އައިންތައް ބެލުމުގައި އެމީހުން ގަޑިއެއްގެ އިރަށްވުރެ ގިނަ ވަގުތު ހޭދަ ކުރިކަމަށެވެ. އަދި މި ގުދުރަތީ ރީތި އުފެއްދެވުން ސިފަ ކުރާނެ ބަހެއް ނޭނގޭކަމަށެވެ. އަދިވެސް އިތުރަށް އޭނާ ލިޔެފައިވަނީ މި ޖާދޫއެއްފަދަ އިންޑިއާކަނޑުގެ ހަމަހިމޭން ކަމުގެ ސަބަބުން އެމީހުންގެ ޗުއްޓީއަށް އިތުރު އަރާމާއި ހިތްހަމަ ޖެހުން ގެނެސްދޭ ކަމަށެވެ.

ދިއާ ހިއްސާކުރި އެއް ފޮޓޯ އަކީ ފިރިމީހާ ވެބާހް އާއެކު ނަގައިފައިވާ ސެލްފީ އެކެވެ. މި ފޮޓޯގެ ފުރަގަހުން ރިސޯޓްގެ މޫދު ސާފުކޮށް ފެނެއެވެ. ދެވަނަ ފޮޓޯ ނަގާފައިވަނީ ގޮނޑު ދޮށުގައި ވެބާހް ގެ އަންހެން ދަރިފުޅު ސަމައިރާ އާއެކުގައެވެ. މީގެ އިތުރަށް ސަމައިރާ އާއެކު މޫދުގައި ނަގާފައިވާ ފޮޓޯއެއްވެސް އޭނާ ހިއްސާކޮށްފައިވެއެވެ.

ދިޔާ މިރުޒާ ވެބާހު ރެޚީ އާއި ކައިވެނި ކުރީ ފެބުރުވަރީ 15 ގައި މުންބާއީގައެވެ. ދިޔާ އަކީ 1990 ގެ އަހރުތަކުގައި ބޮލީވްޑާއި ގުޅުނު ފަންނާނެކެވެ.