އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ މޯލްޑިވްސް އިން ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވަރސިޓީ އިން އުފަންވެފައިވާ ސްޓާޓަޕެއް ކަމުގައިވާ ރޮބޯއީ އާއެކު ޕާރޓްނަރޝިޕެއް ގާއިމްކޮށް، ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެއް މިއަދު ބާއްވައިފިއެވެ. މި އިވެންޓް ގައި އުރީދޫ 5ޖީ އެއަރފައިބަރ މެދުވެރިކޮށް ދަރިވަރުންތަކަކަށް ޖަރުމަަނުގައިވާ ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ ކުރެވޭ ފުރުސަތެއްވަނީ ފަހިކޮށްދީފައެވެ.

ވީއާރް ކެފޭގައި މިއަދު ބޭއްވުނު މި އިވެންޓްގައި ގިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޯޓިކްސް ދަރިވަރުންތަކެއްވަނީ އުރީދޫ 5ޖީ އެއަރފައިބަރ ގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯރޓް ވުމުގެ ތަޖުރިބާކޮށްފައެވެ. ރޮބޯއީއަކީ އިންސާނީ ސިފަތަކަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ރޮބޮޓެކެވެ. ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެ ގުނަވަންތައް ހަރަކާތްކުރާގޮތްވެސް ދަސްކޮށްފައެވެ.

ރޮބޯއީ 3.0 ގެ ޓެލެޕޯރޓްވުމުގެ ޚިދުމަތް މެދުވެރިކޮށް، ވަގުތުން އެހެން ތަނަކު ހުރުމުގެ ތަޖުރިބާ އާއި ފައިދާތަކުގެ އިތުރުން އެއް މުޖުތަމައު އާއި އަނެއްމުޖުތަމައުއާއި އޮންނަ ގުޅުން ވަރުގަދަކޮށްދެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޚިދުމަތަށް އަންނަ ކުރިއެރުމާއެކު ދެމެހެއްޓެނިވި ގުޅިފައިވާ މުޖުތަމައުތަކެއް ބިނާކުރުމުގެ އުންމީދުވެސް އާލާވެގެންދެއެވެ. މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ދަރިވަރުންނަށް ވަނ5ޖީ ގެ ވަރުގަދަ ނެޓްވަރކާއެކު ރޮބޯޓިކްސް، އާރޓިފިޝަލް އިންޓެލިޖެންސް އަދި އިންޓަނެޓް އޮފް ތިންގްސް ގެ ހައިބަތާއި މި ޚިދުމަތްތަކުގެ ސަބަބުން ހުޅުވިގެންދާނެ ފުރުސަތުތަކަށްވެސް ލޯ ހުޅުވާލަދީފައެވެ.

"ރޮބޯޓިކްސް އިންޑަސްޓްރީގެ ސަބަބުން ސިއްހީ އިދާރާ، ލޮޖިސްޓިކްސް، އެޑިއުކޭޝަން، އެގްރިކަލްޗަރ އަދި މިނޫންވެސް އެތަކެއް ދައިރާތަކަކަށް އިންގިލާބީ ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެއެވެ. ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމަށް އުރީދޫއިން ހުއްޓުމެއްނެތި މި މަސައްކަތް ކުރަނީ ކުރިއަރަމުން އަންނަ މިފަދަ އީޖާދީ ހިދުމަތްތައް ރާއްޖޭގެ މުޖުތަމައުތަކައް ފޯރުކޮށްދީ އައު ފުރުސަތުތަކާއި މި ހިދުމަތްތަކުގެ ފުރިހަމަ ފައިދާއާއި ގުޅުވާލަދިނުމަށެވެ. އެހެންކަމުން ރޮބޯއީ، އީކޯ އޯގަނައިޒޭޝަން އަދި ވީއާރް ކެފޭއާއެކު މިއަދު ރާއްޖޭގައި މި ބޭއްވުނު ތާރީހީ ހަފްލާގައި އުރީދޫ މޯލްޑިވްސްގެ 5ޖީ ގެ ވަރުގަދަ ނެޓްވޯރކްގެ ބާރު ސްޕީޑްތަކާއި އެކު ފަހިވެގެންދާނެ ފުރުސަތުތައް ދައްކާލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތްތަނުގައިވެސް ކުރިމަގުގައި ޑިޖިޓަލް ޚިދުމަތްތައް ކުރިއަރުވައި އީޖާދީ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ޖީލެއް ބިނާކުރުމުގެ އުއްމީދުގައި އަޅުގަނޑުމެންގެ ޕާރޓްނަރުންނާއެކު މިފަދަ ހަފްލާތައް ބޭއްވުމުގެ މަސައްކަތްކުރިއަށްދާނެ." މެނޭޖިންގް ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ޙާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަސައްވަރާ އެއްފަދައިން، ކުރިއަރަމުން އަންނަ އީޖާދީ ޚިދުމަތްތަކާ ދިވެހިން ގުޅުވާލަދީ ދެމެހެއްޓެނިވި ކުރިމަގަކަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއްކަމަށްވާ އުރީދޫ މޯލްޑިވްސްއާއެކު މި މަސައްކަތުގައި ހިއްސާވުމަކީ އަޅުގަނޑުމެން އުފާކުރާކަމެއް. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ މި މަސައްކަތުގެ އީޖާދީ އައު ކަންކަން ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ." އީކޯ އޯގަނައިޒޭޝަންގެ ފައުޑަރ އަދި ޕްރެޒިޑަންޓް، ހިލާލް އަގީލް ވިދާޅުވިއެވެ.

އީކޯ އޯގަނައިޒޭޝަން އަކީ އީޖާދީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ކުރިމަގެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ނޮން ޕްރޮފިޓް އޯރގަނައިޒޭޝަންއެކެވެ.

"އީކޯ އޯގަނައިޒޭނަންއާއި އުރީދޫ މޯލްޑިވްސް އާއެކު މި ހަފަމްލާ ކާމިޔާބުކަމާއެކު ބޭއްވުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި ޕާރޓްނަރޝިޕްގެ ދަށުން ރޮބޯއީ ޖޫނިއަރ ރާއްޖެގެނެސް މި ޚިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލަދިނުމަށް. މި ޚިދުމަތާއެކު މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔޭގެ ނާޒުކު ތިމާވެށިތަކަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ." ޖެނެރަލް މެނޭޖަރ އަދި ލީގަލް ގާޑިއަން އޮފް ރޮބޯއީ، ރަފައެލް ހޮސްޓެޓްލަރ ވިދާޅުވިއެވެ.

ޓެލެޕްރެސެންސް ރޮބޯޓިކްސް ޚިދުމަތް މެދުވެރިކޮށް މިހާރުވެސް އިޖާދީ އުފެއްދުންތަކާއެކު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ދަތުރު ވަނީ ފަށާފައެވެ. އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މިފަދަ ކުރިއަރަމުން އަންނަ އިޖާދީ ހިދުމަތްތަކާއި ޑިޖިޓަލް ދުނިޔެއާއި ގުޅުވާލަދީ އަދި މިޚިދުމަތްތަކުގެ ސަބަބުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންވެސް އަރުވައެވެ.

- ޚަބަރާއި ފޮޓޯ އުރީދޫ