ބިގް ބޮސް 8 އިން މަޝްޙޫރުވި އީޖާޒު ޚާން މުންބާއީގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ ( އެން ސީ ބީ ) އިން ހައްޔަރު ކޮށްފިއެވެ. އިއްޔެގެ ވަގުތެއް ގައި އީޖާޒު ޚާން އެއް ސީ ބީ އިން ހައްޔަރުކުރީ އޭނާ ދަތުރެއް ނިންމާލާފައި ފްލިޓުން ފޭބި ތަނާ އެއާޕޯޓުން ނެވެ. މުންބާއީ ގެ އެންސީބީ އާއި ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ޑްރަގުގެ މައްސަލައެއްގައި އީޖާޒު ޚާން އާއި ގުޅުމެއްވާތީ އޭނާގެ ގެވެސް ޗެކް ކުރިއެވެ.

މުންބާއީ ކޯޓްގެ ހުއްދަ ހޯދައިގެން ހައްޔަރު ކުރި މި އެކްޓަރ ޓެސްޓު ކުރުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ އޭނާގެ ގެއިން އެއްވެސް ކަހަލަ ޑްރަގެއް ނުފެންނަ ކަމަށެވެ. ފެނުނީ ހަމަ އެކަނި ނިދާސް ބޭސް 4 ގުޅަ ކަމަށެވެ. އެއީ އޭނާގެ އަންހެނުން ބައިގެންގޮސްގެން ޑިޕްރެޝަން އަށް ދިއުމުން ކާ ބޭހެއްކަމަށްވެސް އޭނާ ހާމަ ކުރިއެވެ.

އީޖާޒު ޚާން އަކީ ބިގް ބޮސް 8 ގައި ވަޔަލްޑް ކާޑު ލިބިގެން ފުރުޞަތު ލިބުނު ތަރިއެކެވެ. ބިގް ބޮސްގައި ބައިވެރި ވުމުގެ ސަބަބުން އޭނާގެ ނަން އިތުރަށް މަޝްހޫރުވެ މީހުން ގެ މެދުގައި މަގުބޫލު ވިއެވެ. މީގެ އިތުރަށް އީޖާޒު ޚާން ބައެއް ފިލްމުތަކުން ވެސް ފެނިފައި ވެއެވެ. އޭގެ ތެރޭގައި "ﷲ ކީ ބަންދޭ" "ލަކީރުކީ ފަކީރު" "ޔާ ރަބް" "ލަވް ޑޭ" އަދި ރައްކުތާ ޗަރިތުރަ ފަދަ ފިލްމުތައް ހިމެނެއެވެ.