ކުރީ ޒަމާނުއްސުރެ އިނގުރަކީ ކެއުމުގެ ބާވަތްތައް ހެދުމަށާއި ބޭސް ފަރުވާ އަށް ބޭނުން ކުރަމުން އައި އެއްޗެކެވެ. މިއީ ރޯގާ އަށާއި ބަނޑުގެ ބަލިތަކުގެ އިތުރަށް އެހެނިހެން ބަލިތަކަށްވެސް ފަރުވާ ލިބޭ އެއްޗެކެވެ.

ކެއްކުމަށާއި ސިއްޙީ ބޭނުންތަކަށް ރޯ އިނގުރާއި މުގުރި އިނގުރުވެސް ބޭނުން ކުރެއެވެ.

އިނގުރުގައި އެކުލެވިގެންވާ އެންޓިއޮކްސިޑެންޓާއި ނިޔުޓްރިޝަންގެ ސަބަބުން (އާތްރައިޑް) ރާއްޖެ ބަލި ، އިންފްލެމޭޝަން އަދި ދަފާތު ވައްތަރުގެ އިންފެކްޝަނުން ސަލާމަތް ކޮށްދެއެވެ. މީގެ އިތުރަށް ދިރާސާ ތަކުން ދައްކާކޮތުގައި ހަކުރު ބަލީގެ ނުރައްކަލާއި ކެންސަރުބަލިން ދުރުކުރުމަށާއި އަދި އެހެނިހެންސިއްޚީ ބޮޑެތި ބަލިތަކުން ސަލާމަތް ވުމަށް އިނގުރު ބޭނުން ކުރުން ރަނަގަޅުވެއެވެ.

ވައިގެ އުނދަގޫތަކާއި ހަޖަމުގެ މައްސަލަތަކުން ދުރުކޮށްދޭ

ވަރަށްގިނަ ހޯދުންތަކުން ދައްކާ ގޮތުގައި އިނގުރު ބޭނުންކުރުމުން ވައިގެ މައްސަލަތަކަށް ލުޔެއް ލިބި ކާތަކެތި ހަޖަމު ކުރުމަށް ފަސޭހަވެއެވެ.

ބަނޑުގެ ބަލިތަކުން ރައްކާތެރި ކޮށްދޭ

ބައެއް ދިރާސާ ތަކުން ދައްކާ ގޮތުގައި ބަނޑަށް އުނދަގޫވުމައީ ހެނދުނު ހެދުނާ ހޮޑުލުވުން ފަދަ ކަންތަކަށް ފަރުވާ އަކަށް އިނގުރު ބޭނުން ކުރުމުން ރަނގަޅުވެއެވެ. އަދި ބަނޑަށް ޖެހޭ އެކި ބާވަތުގެ ކެންސަރު ބަލިތަކުން ސަލާމަތް ކޮށްދެއެވެ.

2010 ވަނަ އަހަރު ކުރެވުނު ދިރާސާ އަކުން ދައްކާ ގޮތުގައި ބަނޑުގެ ބަލިތައް ތަހައްމަލުކޮށް ކީމޯ ތެރަޕީ ދެމުން ދިޔަ 60 ކުޑަ ކުދިންނާއި ޒުވާނުންނަށް މުގުރި އިނގުރު ބޭހުގެ ގޮތުގައި ދިނުމުން ވަރަށް ގިނަ ފަރާތްތަކަށް ލުއި ލިބުނެވެ.

މީގެ އިތުރަށް 2011 ވަނަ އަހަރު ކުރެވުނު ދިރާސާ އަކުން ދައްކާގޮތުގައި ދުވާލަކު 1.500 މިލިގުރާމް އިނގުރު ބޭނުންކުރުމުން ބަނޑުގެ ބަލިތަކުން ދުރުކޮށްދިނެވެ.

ކެއްސުމާއި ރޯގާ އަދި ކިނބިހި އެޅުމުން ސަލާމަތް ކޮށްދޭ

ވަރަށް ގިނަ މީހުން އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އިނގުރު ބޭނުންކުރެއެވެ. އަދި ކުޑަކުދިންނަށްވެސް ރޯގާ ޖެހުމުން އިނގުރާއި މާމުއި ދިނުމުން ކެއްސުމާއި ރޯގާ ފިލައެވެ. މީގެ އިތުރަށް އެލަޖީ އެއްގެ ސަބަބުން ގިނައިން ކިނބިހި އަޅާ މީހުންވެސް އިނގުރު ސައި ބުއިމުން މިކަންތަކުން ސަލާމަތްވެއެވެ.

ތަންތާ ރިއްސުން

ދިރާސާ އަކުން ދައްކާ ގޮތުގައި ދުވާލަކު 2 ގްރާމް ރޯ އިނގުރު ހޫނުކޮށްގެން ބޭނުން ކުރުމުން މަސްގަނޑަށާއި ކުޅެ ދުވެ ހެދުމުން ވާ ތަދުތަކުގެ 25 ޕަސެންޓް ލުއިކޮށްދެއެވެ.

2016 ވަނަ އަހަރު ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި އަންހެނުން ހައިޟުވާން ކައިރިވާއިރު އެ ރިއްސާ ރިއްސުމަށްވެސް ފަރުވާއަކަށް އިނގުރު ވެއެވެ.

މީގެ އިތުރަށް އާންމު ގޮތެއްގައި އިނގުރު ބޭނުންކުރާ މީހުން ހިތުގެ ބަލިތަކާއި ކެންސަރު ބަލިން ދުރުކޮށްދޭ ކަމަށް ސިއްޚީ ބައެއް ފަރާތްތަކުން ލަފާ ދެއްވައެވެ.