ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ.މަނަދޫ ބަނދަރުގެ ނެރު ހެދުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެކުންފުންޏާ ހަވާލު ކުރެއްވީ,115,117.36 ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 300 ދުވަހެވެ.

މަޝްރޫއުގެ މައިގަނޑު މަސައްކަތް

- ބަނދަރު ފުންކުރުން- 13,216.00 ކިޔުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3.0- މީޓަރ ހަމަވާވަރަށް)

- ބަނދަރަށް ވަންނަ ނެރު ފުންކުރުން 15،822.00 ކިޔުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 4.0- މީޓަރ ހަމަވާ ވަރަށް)

- 390 މީޓަރ ބޮޑުހިލައިގެ ބޭރު ތޮށި ޖެހުން.

- 2 ނެވިގޭޝަން ލައިޓް ހަރު ކުރުން.

- 20 މޫރިން ބޮއި ހަރުކުރުން.

- ކުދި އުޅަނދުފަހަރު ކައިރި ކުރުމަށް ބޭރުތޮށީގެ އެތެރެފަރާތު ކައިރީގައި 244 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުން.

މީގެ އިތުރުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ.ބާރަށު ނެރު ފުންކުރުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައެވެ. 120 ދުވަސްތެރޭގައި އެމަސައްކަތް ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ 12,179,282.34 ރުފިޔާއަށެވެ.

މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަޙުމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.