ކްރިމިނަލް ކޯޓުގައި ގާޒީ ހަސަން ސައީދު އިއްވެވި އެންމެ ދިގު ހުކުމް އިއްވެވީ މިއަދު ކުރީގެ ނާއިބް ރައީސް އަދީބުގެ މައްސަލާގައެވެ.

ހަތް ދައުވާ އަކަށް އަދީބު 20 އަހަރަށް ޖަލަށް ލާން ޙުކުމު ކުރައްވައިފިއެވެ.

އަދީބު ތަންފީޒު ކުރާނެ ކަމަށް ބެލެވެނީ އެންމެ 19 އަހަރެވެ.

އަދީބަށް ކުރެވުނު ހަތް ދައުވާ:

  • ޚިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ 2 ދައުވާ
  • ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ 2 ދައުވާ
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ 1 ދައުވާ
  • މަނީލޯންޑަރިންގ 2 ދައުވާ

ކޮންމެ ދައުވާއަކަށް ޙުކުމް އިއްވާފައި ވަނީ ވަކިވަކިންނެވެ. ކޮންމެ ޙުކުމަކަށް ތިރީސް ސާޅީހަކަށް މިނެޓް ނެގިއެވެ.

ޙުކުމް އިއްވި ގޮތުގެ ތަފްސީލު:

  1. ޚިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ އެއް ދައުވާ : 4 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލު ޙުކުމް
  2. ޚިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ ދެވަނަ ދައުވާ : 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލު ޙުކުމް
  3. މަނީ ލޯންޑްރިންގެ ދައުވާ: 5 އަހަރާއި 11 މަހުގެ ޖަލު ހުކުމް އަދި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް.
  4. މަނީ ލޯންޑްރިންގެ 2 ވަނަ ދައުވާ: 5 އަހަރާއި 11 މަހަށް ޖަލަށްލުމާ އެކު އެއް މިލިއަންގެ ޖޫރިމަނާއެއް.
  5. މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުން: 1 މަހާއި 15 ދުވަހަށް ޖަލަށް.
  6. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ: 3 މަހަށް ޖަލަށް.
  7. މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުން: 6 މަހަށް ޖަލަށް

މައްސަލަ ނިންމުން:

މައްސަލަ ނިންމާފައި ވަނީ އަވަސް ނިޔާއިން.

އަދީބް ވަނީ އިބްތިދާއީ އަޑު އެހުމުގައި އޭނާގެ ވަކީލުގެ ހާޒިރުގައި އިޢްތިރާފް ވެފައި.

ދައުލަތާ އެކު ހެދި އިޢްތިރާފްގެ އެއްބަސްވުމުގައިވެސް އަދީބު ސޮއިކޮށްފައި ވަނީ މަޖުބުރު ކަމެއް ނެތި.

ޖުރިމާނާ ދެއްކުން:

މިއަދުން ފެށިގެން އެއް މަސް ތެރޭގައި މީރާއަށް ދެ މިލިއަން ރުފިޔާގެ ޖުރިމާނާ ދެއްކުމަށް.

ކިޔާލަން: ހައިކޯޓުން މިމައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވަން ކުރި ހުކުމް