މިއަހަރުގެ ޖުނުއަރީ އިންޓޭކް ގައި އެވިޑް ކޮލެޖުން ގދ. ތިނަދޫ ކެމްޕަހަށް އެޕްލައިކުރި ދަރިވަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދަރިވަރަކަށް ޗެއާމަން ޢަބްދުﷲ މުސްތާގު ރަޝާދު ދެއްވާ އަގުބޮޑު އިނާމް މިފަހަރު ލިބުނީ ތިނަދޫ، ފެމޯރާގޭ، ސަޖުއަތު މުހައްމަދު ޝާހަށެވެ.

މިފަހަރުގެ އަގުބޮޑު އިނާމަކަށް އޭނާއަށް ލިބިފައިވަނީ އޮޓޯ މޫވް ސައިކަލެވެ. މިމަހު އަށްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ސަކައިކަލް އޭނާއާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކަށީގެ ޚާއްސަ ޑޮކްޓަރ. ޢާޒިމް ޢަބްދުއް ޝުކޫރެވެ.

ކޮންމެ އިންޓޭކަކާ ދިމާކޮށް ދަރިވަރުންނަށްޓަކައި އެވިޑް ކޮލެޖުގެ ޗެއާމަން ވަރަށްގިނަ ފުރުސަތުތައް ހުޅުވާލައްވައެވެ. މިގޮތުން މި ޖެނުއަރީ އިންޓޭކުގައި ވެސް ގދ. ތިނަދުއަށް ޚާއްސަކޮށްގެން 20 ސްކޮލާޝިޕް ގެ ފުރުސަތު ހުޅުވައިލެއްވިއެވެ. އަދި ފައުންޑޭޝަން މުޅި ކޯސް ގެ 25 ޕަސެންޓް ދަރިވަރުންނަށް ފްރީކޮށްދެއްވުން ފަދަ އެތައް ފުރުސަތެއް ފަހިކޮށްދެއްވާފައިވެއެވެ.