ބައިޑަން ސޫގާގެ ބައްދަލުވުމުން ޗައިނާ މޭކަރައިފިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވައިޓްހައުސްގައި ބައްދަލުކުރެއްވި އެންމެ ފުރަތަމަ ބޭރުގެ އިއްޒަތްތެރިޔަކީ ޖަޕާނުގެ ބޮޑު ވަޒީރު ޔޮޝިހިޑޭ ސޫގާއެވެ.
ދެ ބޭފުޅުންގެ ބައްދަލުވުމުގެ އިރުކޮޅެއް ފަހުން ޓޯކިޔޯގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ޖަޕާނުން ޗައިނާގެ ދާޚިލީ މައްސަލައިގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތުކޮށް ބަޔާނެއް ނެރެފައެވެ. އަދި ބެއިޖިންގގައި ޚާރިޖިއްޔާގެ ތަރުޖަމާން ވެސް ވަނީ ސޫގާގެ ވާހަކަތައް ކުށްވެރިކުރައްވާފައެވެ.
ޗައިނާއަށް މައްސަލައަކަށްވީ، އެމެރިކާއާއި ޖަޕާނުގެ މަޝްވަރާތަކުގައި ޝިންޖިއާންއާއި ހޮންގކޮންގއާއި ތައިވާނަށް އިޝާރާތް ކުރުމުންނެވެ. ޖަޕާނާއި އެމެރިކާގެ ވެރިންގެ ބައްދަލުވުމުގައި ތައިވާނާ ބެހޭ ގޮތުން އެންމެ ފަހުންވެސް ވާހަކަ ދައްކަވާފައި ވަނީ އެމެރިކާއިން ޗައިނާއާ ސިޔާސީ ގުޅުން ގާއިމް ކުރުމުގެ ކުރިންނެވެ.
ޖަޕާނާއި އެމރިކާއިން ވަނީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑަކީ އެންމެނަށްވެސް ދަތުރުފަތިރަށް ހުޅުވާލެވިފައިވާ ކަނޑެއްކަމުގައި ހެދުމަށް ދެ ގައުމުން އެއްބަސްވާ ކަމަށް ބުނެފައެވެ. އަދި އިންޑޯ ޕެސިފިކް ސަރަހައްދުގައި ސަލާމަތާއި ތިޔާގި ކަމަށްވެސް ސީރިއަސް ކޮށް މަޝްވަރާ ކޮށްފައިވާނެ ކަމަށް ސޫގާ ވިދާޅުވިއެވެ. އަދި އިރުމަތީ ޗައިނާ ކަނޑާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ ހައިސިއްޔަތު ގަދަބާރުން ބަދަލު ކުރުމަށް ދެ ގައުމުން ދެކޅު ހަދާކަމަށްވެސް ސޫގާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ މަސްރަހުގެ މައްސަލަތަކުގައި ޗައިނާއާއެކު ސަރީހަކޮށް މަޝްވަރާކޮށް ބައިނަލްއަގްވާމީ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ވެސް މަޝްވަރާ ކުރެވުނެވެ. އަދި ޝީންޖިއާންގެ މައްސަލައާއި ޓައިވާންގެ މައްސަލައާއި ހޮންގކޮންގ ގެ މައްސަލައާމެދު ބަހުސްކޮށް ޗައިނާއިން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހުށަހެޅުމަށްވެސް ދެ ވެރިން އެއްބަސްވެ ވަޑައިގަތް ކަމަށް ސޫގާ ވިދާޅުވިއެވެ.
ޗައިނާއިން ބުނެފައިވަނީ އެމެރިކާއަށް ތަބާވާ ގައުމަކަށްވެ، ޖަޕާނުން ޗައިނާގެ ދާޚިލީ މައްސަލައިގެ ތެރެއަށް ވަދެގަތީ ކަމަށެވެ. އަދި ޗައިނާގެ މަސްހަލަތަށް ބުރޫއަރާ ގޮތަށް އެމެރިކާއަށް ވާގިވެރި ނުވުމަށް ޖަޕާނަށް ބެއިޖިންގ އިން ގޮވާލި އެވެ.
ޖަޕާނުގައި ހުންނަ ޗައިނާ އެމްބަސީން ޖަޕާނަށް ގޮވާލާފައި ވަނީ އެމެރިކާގެ މަސްލަހަތަށްޓަކައި ބޮޑެތި ބާރުގެ މައްސަލަތަކުގެ ތެރެއަށް ޖަޕާނުން ނުވަނުމަށެވެ.