ސަރުކާރުން ގެންދަވަނީ އާންމުންގެ ޖީބުތައް ހުސް ކުރަމުން ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އާންމުންގެ ޖީބު ހުސް ކުރަމުންދާއިރު ވެސް ޚިދުމަތަށް ދޭންޖެހެނީ ސުމެއް ކަމަށެވެ. މި ޙާލަތަށް ގައުމުދިޔުމުން މިހާރުވަނީ އިގްތިސާދު ހަލާކުވެ މުސާރަ ދެވޭގޮތް ވެސް ނުވެފައި ކަމަށް ވިދާޅުވެފައިވެއެވެ. "އިޤްތިޞާދު ފުނޑި މުވައްޒަފުންނަށް މުސާރަދޭނެ ގޮތެއް ނެތް،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މި ޙާލަތަށް ގައުމު "ވެއްޓުނީ ދެކޮޅުޖެހޭ ސިޔާސަތެއް ނެތީމާ. ސިޔާސީ މަޤާމްތައް، ބޯޑުތައް، ދަތުރުތަކަށް ހުއްޓުމެއްނެތް،" ކަމުން ކަމަށް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ ވަޒީފާއަށް ނުނުކުމެ މުސާރަ ނަގާ މީހުން ވެސް އެބަތިބި ކަމަށެވެ. އެމްޑީޕީންގެންދަނީ ރައްޔިތުން ލޫޓްވަމުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.