ސްރީލަންކާގައި ހައްދުފަހަނަޅާފައިވާ މުސްލިމުންގެ ބަޔަކު ފައްޅީގައި އަޅުކަމުގައި ތރިބި ނަސާރާއިންގެ ބަޔަކަށް ދިން ޖާނު ގޮއްވާލުމުގެ ހަމަލާއާ ގުޅިގެން އެކުލަވާލި ރިއާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ކުފުރު މަރުގައި މަރުވި މީހުންނާ ދަންނަބޭކަލުންނާ ގުޅުވައިފިއެވެ.
ސްރީލަންކާގެ ރައީސް ގޯތަބަޔާ ރާޖަޕަކްސައަށް މިއަދު ހުށަހެޅި ރިޕޯޓްގައި ބަޔާން ކޮށްފައިވާ ތަހުގީގު ފުރިހަމަ ނުވާ ކަންތައްތަކުގެ ތެރޭގައި މުހިންމު ދަންނަ ބޭކަލުންގެ ނަންތައް ފާހަގަކޮށްފައި ވެއެވެ. އަދި އެ ފަރާތްތަކަކީ ހަރުކަށި ފިކުރުގެ ބައެއްކަން ބަޔާންކޮށް ކުފުރު މަރުގައި ޖާނު ގޮއްވާލައިގެން މަރުވެފައިވާ މީހުންނަށް އެފަރާތްތަކުގެ ފިކުރުން އަސަރު ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ނަމުން ފާހަގަ ކޯށްފައިވާ އެއް ޝަޚްސިއްޔަތަކީ، އައްލާމާ ޔޫސުފުލް ޤަރްޟާވީއެވެ. މިސްރުގެ އުފަން ޤަތަރުގައި ދިރިއުޅުއްވާ ޤަރްޟާވީއަކީ، ޖާނު ގޮއްވާލުމުގެ އަމަލުތަކަށް ތާއީދު ކުރާ ދަންނަބޭކަލެއްކަމަށް ބުނެފައި ވެއެވެ. (އުތުރު އެމެރިކާގެ ފިޤްހް ކައުންސިލްގެ ރައީސް ޤަރްޟާވީ ވަނީ 11 ސެޕްޓެމްބަރުގެ ބޮމުގެ ހަމަލަ ކުށްވެރިކުރައްވައި ޖާނު ގޮއްވާލުން ކުށްވެރިކުރައްވާފައެވެ.) އަދި ބުނެފައިވަނީ ޤަރްޟާވިއަކީ އިނގިރޭސިވިލާތަށާއި ފަރަންސޭސިވިލާތަށް އެތެރެ ވުން މަނާކޮށްފައިވާ މީހެއް ކަމަށެވެ. އަދި އިޚްވާނުލް މުސްލިމޫންގެ ރޫހާނީ ބައްޕައަކީ ޤަރްޟާވީކަމަށް ބަޔާންކޮށް ކޮޅުނބުގެ މިސްރު އެމްބަސީން ނޫސްބަޔާނެއް ނެރެފައިވާ ކަމަށާއި އެޏާއަކީ މިސްރުގެ ރަށްވެހިކަން ނިގުޅައި ގަނެ، މިސްރުން (ޣެއިރު ހާޒިރުގައި) ހުކުމެއް ކޮށްފައިވާ މީހެއް ކަމަށެވެ. (ރިޕޯތްގެ ސަފްހާ 54)
ސްރީލަންކާގެ ބައެއް އިސްމުސްލިމުންނާއެކު 2013ގައި ޤަރްޟާވީ ނަންގަވާފައިވާ ފޮޓޯއެއްވެސް ރިޕޯޓްގައި ހިމަނާފައި ވެއެވެ. އޭގެ ތެރޭން އެކަކަކީ ސްރީލަންކާ މުސްލިމް ކައުންސިލްގެ ރައީސް އެން އެމް އަމީން އެވެ.
ސަފްހާ 54 ގައި ބުނެފައި ވަނީ ޤަރްޟާވީއާއި މިފަރާތްތަކާ އޮތް ގުޅުމާ ބެހޭ ގޮތުން އިތުރަށް ހޯދުންތައް ހޯދަން ޖެހޭ ކަމަށެވެ.
އުގަންނައި ދިނުމުގެ ނަމުގައި، މުސްލިމުން ޓެރަރިޒަމް މީހުންގެ މެދުގައި ފަތުރާކަމަށް ބުނަމުން ރިޕޯޓްގައި ބުނަނީ، އިސްލާމް ޓެމިލް ސިވިލިޒޭޝަން ޓީޗަރސް ގައިޑް ގްރޭޑް12 އާއި އިސްލާމް ސިންހަލަ ޓީޗަރޒް ގައިޑް ގްރޭޑް13 ގައި ޔޫސުފް އަލް ޤަރްޟާވީގެ ބައެއް ވާހަކަފުޅުތައް ހިމަނާފައިވާ ކަމަށެވެ.
އަދި ހަމައެ ނުކުތާގައި މަޝްހޫރު ދަންނަ ބޭކަލުންގެ ނަން ހިމަނަމުން ބުނެފައި ވަނީ، އަބުލް އަޢްލާ މައުދޫދީއާއި، (އިބްނު ތައިމިޔާގެ ދަރިވަރު) އިބުނުލް ޤައްޔިމް އަލްޖައުޒިއްޔާއާއި މިސްރުގެ މުޙައްމަދުލް ޣަޒާލީ އާއި (ތޫނުސްގެ) ރާޝިދުލް ޣަނޫޝީގެ ވާހަކަތައް، ސިންހަލަ ޓެމިލް އިސްލާމް ޓީޗަރޒް ގައިޑް 12/13 ގައި ހިމަނާފައިވާ ކަމަށެވެ.
އީސްޓާ ބޮމުގެ ހަމަލާއާ ގުޅުން ހުރި ލިޔުންތައް:
ބޮޑު ބަލަސޭނާގެ ބޮޑު ހާމުދުރަށް ދައުވާ ކުރަން ހުށަހަޅައިފި
ފާދިރީ މެލްކަމް ރަންޖިތު ދެފުށް ކެހެރިއެއް: ބޮޑު ބަލަ ސޭނާ
އީސްޓާ ބޮމުގެ ހަމަލާގެ އިސްމީހަކު ހައްޔަރު ކޮށްފި
އެގާރަ މުސްލިމު ޖަމާއަތެއް ލަންކާއިން މަނާ ކޮށްފި
މީގައި މެދުމިނުގެ މަޝްހޫރު ދަންނަބޭކަލެއް ކަމަށްވާ މުޙައްމަދުލް ޣަޒާލީ ފާހަގަ ކޮށްފައި ވަނީ އިޚްވާނުލް މުސްލިމޫންގެ މެންބަރެއްގެ ގޮތުގައެވެ.
މިފަރާތްތަކާ ޙަވާލާ ދީ ބުނެފައިވަނީ ސަރުކާރު ހިންގުމުގެ ބާރު ލިބިގެން މެނުވީ، އިސްލާމް ފުރިހަމަ ނުވާނެ ކަމަށެވެ. އަދި ސަރުކާރާއި އިސްލާމަކީ އެއް ލާރިފޮއްޗެއްގެ ދެފުށް ކަމަށެވެ. އަދި ބުނެފައި ވަނީ މި ފަރާތްތަކުގެ މަގްސަދަކީ، ހަމައެކަނި ދީނެއް ނޫން ކަމަށެވެ. އެ ގައުމާއި ގައުމުގެ ސަރުކާޒަކީވެސް އެމީހުންގެ އަމާޒެއް ކަމަށެވެ. (ސަފްހާ 54ން 57އަށް)
ގްރޭޑް ފޮތްތަކެއްގެ ތެރެއަށް "މިފަދަ ޓެރަރިސްޓް ވާހަކަތައް" ވެއްދި ފަރާތްތައް ކޮމިޝަނުން ފާހަގަ ކޮށްފައެއް ނުވެއެވެ. މި ވާހަކަތައް ފޮތްތަކުން އުނިކުރުމަށް ގޮވާލާފައި ވެއެވެ.
ކޮމިޝަންގެ ރިޕޯޓްގައި ވަނީ "ސްރީލަންކާ ބްރޯޑްކާސްޓިންގ ކޯޕަރޭޝަން މެދުވެރިކޮށް ވައްހާބީ ހަރަކާތް ޕްރޮމޯޓް ކުރުމަށް" މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުނެފައެވެ. އަދި އައިސިސްއާއި ވައްހާބީ ފިކުރާ ބެހޭ ގޮތުން ވާހަކަ ދެއްކި އެކަކަށް ފަހުން ޖާގަ ދީފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.
ސްރީލަންކާގައި ތަމްރީން ލިބިގެންވާ ޓެރަރިސްޓުންގެ ބަޔަކު ތިބިކަން ޕާކިސްތާންގައި ހުންނަ ލަންކާ ހައިކޮމިޝަނަށް ޕާކިސްތާނުން އެންގުމުން އެމަޢްލޫމާތު ހައިކޮމިޝަނުން ސިއްރު ކުރި ކަމަށާއި އަދި އެކަން ކުރި ބަޔަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. (ސަފްހާ 154)