ފިލްމު ނިކައްމާ އަދި ހަންގާމާ ޓޫ އިން ޝިލްޕާ ޝެޓީ އަލުން އެކެޓިންއަށް އެނބުރި އަންނައިރު އޭނާގެ ހަމައެކަނި އެދުމަކީ އޭނާ ބޮޑު ސްކްރީން އިން ފެނިގެންދިޔުމަށް އެދެމުންދާ އޭނާގެ ފޭނުން އުފާކޮށްދިނުމުވެ.

ޝިލްޕާ ބޮޑު ސްކްރީންއާ ދުރުގައި 10 އަހަރަށް ވުރެން ގިނަ ދުވަހު ހޭދަކޮށްފައިވާއިރު,އޭނާ 2007 ވަނަ އަހަރު އެންމެ ފަހުން ކުޅުނު ފިލްމު އާޕްނޭއަށް ފަހު ސާބިރު ޚާންގެ ފިލްމު ނިކައްމާއިން ޝިލްޕާ އަލުން އެކްޓިންގެ ދުނިޔެއަށް އެނބުރި އަންނަނީއެވެ.

އޭނާ 10 އަހަރަށް ވުރެން ގިނަ ދުވަސް ސިލްވާރ ސްކްރީނާއި ދުރުގަ ހޭދަ ކުރިނަމަވެސް ދެގޮތެއް ނުވެ އޭނާއާއެކުގައިވީ ހުރިހާ ފޭނުންނަށް ހިތުގެ ފުންމިނުން ޝުކުރުވެރިވާކަމަށް ޝިލްޕާ ބުނެއެވެ.

ނިކައްމާގެ އިތުރުން ޕްރިޔާދަރްޝާންގެ ފިލްމު ހަންގާމާ 2 އިން ވެސް ޝިލްޕާ ފެނިގެންދާނެއެވެ. މި ފިލްމުން ޝިލްޕާގެ އިތުރުން ދެން ޕަރޭޝް ރަވަލް, މީޒާން, އަދި ޕަރިނިތާ ސުބާޝް ފެނިގެންދާނެއެވެ.

"ފައިތުވެގެންދިޔަ އަހަރު ތަކުގައި އަހަރެން އުއްމީދުވެސް ނުކުރާހާ ލޯބި ފެނުންގެ ފަރާތުން އަހަންނަށް ލިބިގެންދިޔަ އެ މީހުންނަށް އަހަރެންގެ ޕަފޯރމެންސް ކަމުގޮސް އަދި އިތުރަށް ބޭނުންވާ ކަން އެނގުމުން އަހަރެން މިހިރީ ވަރަށް އުފަލުން. ކެމެރާ ކުރިމަތީ އެކްޓްކުރުމަކީ އަހަރެން އެންމު ލޯބިވާ ކަންތައް އަހަރެން މިހިރީ ވަރަށް އުފަލުން މި ދާއިރައަށް އަލުން ނިކުމެ އަހަރެން އެންމެ ލޯބިވާ ކަންތައް ކުރެވޭތީ މިހިރީ ވަރަށް އުފަލުން" ޝިލްޕާ އިންޑިއާގެ ނޫހަކާއި ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ނިކައްމާއަކީ އެކްޝަން ރޮމޭންޓިކް ކޮމެޑީ ފިލްމަކަށް ވާއިރު ހަންގާމާ 2 އަކީ ޕްރިޔަދަރްޝާންގެ 2003 ވަނަ އަހަރުގެ ހިޓް ފިލްމު ހަންގާމާ ގެ ސީކުއަލް އެކެވެ. މި ދެ ފިލްމުގެ ހުރިހާ ކަމެއް މިހާރު ނިމި ފިލްމް ރިލީޒް ކުރަންވަނީ ރެޑީވެފައިއެވެ.

ޝިލްޕާ ބުނެފައިވަނީ އޭނާގެ މައިގަނޑު އަމާޒަކި އަބަދުވެސް ރަނގަޅު ސްޓޯރީއަކާއެކު އެންމެން ފޫހި ފިލުވައި ދިނުންކަމަށެވެ. މި ދެ ފިލްމަކީ ވެސް ރަނގަޅު އަދި ޝައުގުވެރި ޕްލޮޓްލައިންއަކަށް ބިނާވާ ފިލްމަކަށް ވުމުން އޭނާ ވަގުތުން އެ ދެ ފިލިމު ކުޅޭން އެއްބަސް ވީ ކަމަށާއި އެންމެންނަށް ވެސް މި ދެ ފިލްމު ކަމުދާނެ ކަމަށް އުންމީދު ކުރާކޮމަށް ޝިލްޕާ ބުނެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން މަހަރާޝްޓްރާ ގަވަމެންޓުން ފިލްމު، ޓީވީ ސީރީޒް އަދި ވެބް ސީރީޒްގެ ޝޫޓިންތައް ހުއްޓާލަން އެންގިއިރު ޝިލްޕާ އުޅުނީ އޭނާ ޖަޖުކަންކުރާ ޑާންސް ރިއަލިޓީ ޝޯ ސުޕަރ ޑާންސް ސީޒަން 4 ގެ ޝޫޓިންގެ މަސައްކަތުގައިއެވެ.

ޝިލްޕާވަނީ ކޮވިޑްގެ ގައިޑްލައިންސްއަށް ތަބާ ވުމަށް ހުރިހާ އެންމެންނަށް ވެސް އިލްތިމާސް ކޮށްފައިއެވެ.

ޝިލްޕާ ޝެޓީ، އަނުރާގު ބާސު އަދި ގީތާ ކާޕުރް ޖަޖުކަން ކުރާ ކުޑަކުދިންގެ ޑާންސް ރިއަލިޓީ ޝޯ ގެ ސީޒަން 4 ދައްކަން ފަށާފައިވަނީ ސޮނީ ޓީވީ އިން މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. މިވަގުތު މަހަރާޝްޓްރާ ސްޓޭޓްގެ ސަރުކާރުގެ އެންގުމުގެ ސަބަބުން މި ޝޯގެ ޝޫޓިން ވަނީ މެދުކަނޑާލާފައިއެވެ.

ޝިލްޕާ ވަނީ މި ޝޯ ދައްކަން ފެށީއްސުރެން މި ޝޯގެ ޖަޖުކަން ކޮށްދީފައިއެވެ. މި ޝޯއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝިލްޕާ ބުނެފައިވަނީ ސުޕަރ ޑާންސްގެ ސަބަބުން ގިނަ ހުނަރުވެރިން ތަކެއް ތައާރަފުވެ މި ޕްލެޓްފޯރމުގެ ސަބަބުން އެމީހުންގެ އަގު ވަޒަން ކުރެވޭ ކަމަށެވެ. ކޮންމެ ސީޒަނެއް ނިމިގެން ދިޔަ ސީޒަނަށް ވުރެން ރަނގަޅުވާ ކަމަށާއި ގައުމުގައި ގިނަ ހުނަރުވެރިންތަކެއް ތިބެ އެމީހުންގެ ހުނަރުވެރިކަމުން އަބަދުވެސް އާޝޯހުވާކަމަށެވެ. އަދި ކުޑަ ކުދިންތަކެއް އިންޑިއާގެ ނެށުމުގެ ސަގާފަތް އެކުދިންގެ އަމިއްލަ އެލެމެންޓްސްތަކާއެކު ކުރިއަރުވާތަން ފެނުމުން ވަރަށް އުފާވާ ކަމަށް ވެސް ބުނެފައިވެއެވެ.