މިދިޔަ ހަފުތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައި ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން ކަމުގައިވާ އާލިޔާ ބަޓާއި ރަންބީރު ކަޕޫރު އަދި ޑިޝާ ޕަޓަނި އާއި ޓައިގަރ ޝްރޮފް އެމީހުންގެ ޗުއްޓީ ނިންމާލުމަށްފަހު އެނބުރި އިންޑިއާއަށް ހިނގައްޖެއެވެ.

ކޮވިޑް 19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ބޮލީވްޑްގެ ގިނަ ތަރިން ތަކެއް ދިވެހިރާއްޖެ އަށް ޗުއްޓީހޭދަ ކުރުމަށް އައިސްފައި ވެއެވެ. އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރު މިފަހަރު ރާއްޖޭގައި ހޭދަ ކުރި ޗުއްޓީގެ އެއްވެސް ފޮޓެއެއް މީސް މީޑިއާގައި ހިއްސާ ކޮށްފައެއް ނުވެއެވެ. ނަމަވެސް ޑިސާ ޕަޓަނި ގޮނޑު ދޮށުގައި ނަގާފައިވާ ފޮޓޮއެއް އިންސްޓަރ ގްރާމުގައި ހިއްސާ ކޮށްފައިވެއެވެ.

މި ތަރިންގެ ޗުއްޓީގައި ނަގާ ފޮޓޯތައް ހިއްސާ ކުރުމުން މިހާރު އިންޑިއާގެ ބައެއް ފަރާތް ތަކުން އެކަމާ ނުރުހުން ފާޅުކުރަމުން ދެއެވެ. އަދި އިންޓަވިއު ތަކުގައިވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ހަދައެވެ. އެއީ އިންޑިއާގައި މިވަގުތު ކޮވިޑް 19 ގެ ހާލަތު އޮތް ނާޒުކު މިންވަރުންނެވެ. އަދި އެގައުމުގެ ގިނަ އަދަދެއްގެ ރައްޔަތުންނަށް ކެއުން ބުއިމާއި އަސާސީ ޚިދުމަތުން މަހުރޫމު ވެފައި ވާތީއެވެ.

އާންމު ރައްޔަތުންގެ ޙާލަތަށް ނުވިސްނާ އުފަލާއި މަޖަލުގައި ދިވެހިރާއްޖޭގައި ތިޔަ ޖަހާ ސަކަރާތް އެންމެންނަށް ދައްކާނެ ކަމެއް ނެތް ކަމަށް ބޮލީވުޑްގެ ތަރި ނަވާޒުއްދީނު ވެސް މިދިޔަ ހަފުތާގައި ބުނެފައި ވެއެވެ.