ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން ގެންދާ ފިޔާގެ އަގު ވަރަށްބޮޑަށް ހެޔޮކޮށްފިއެވެ.
ރޯދަމަސް ފެށުނު އިރު އެކުންފުނީން 25 ކިލޯގެ ފިޔާ ބަސްތާއެއް ވިއްކަމުން ގެންދިޔައީ 200 ރުފިޔާއަށެވެ. އެހެންނަމަވެސް އެވަރުގެ ބަސްތާއަކުން 50% އަގު ހެޔިކުރުމަށްފަހު މިހާރު ވިއްކަނީ 100 ރުފިޔާއަށް ކަމަށް އެކުންފުނީން ބުންޏެވެ.
މިހާރުވެސް ވަކިން ގަންނަ ކަމަށްވާނަމަ ކީލޯއެއް ވިއްކަނީ 9:50 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންނެވެ. އެކުންފުންޏަކީ އާންމުކޮށް ފިޔާމ ބިސް، އަލުވި ގެނެސްގެން ވިއްކާ ކުންފުންޏެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ ރޯދަމަހަކަށް ޚާއްސަކޮށްގެން މި ސާމާނު އެކުންފުނިން ވިއްކައެވެ. އެއީ ރައްޔިތުންނަށް އަވަހަށް އަގުހެޔޮކޮށް އެ ބާވަތްތައް ފޯރުކޮށްދިނުމަށެވެ.
އެސްޓީއޯއިން ބުނީ މި ބާވަތްތައް ރޯދަ މަސް ނިންމެން ދެން އެއްވެސް ދަތިކަމެއްނެތި ލިބެން ހުންނާނެ ކަމަށެވެ.