އިންޑިއާގެ ފިލްމީ ތަރި އިލީނާ ޑީކްރޫޒް ބުނާގޮތުގައި އޭނާ އެކްޓް ކުރުމުގެ މަސައްކަތަށް ނުކުތުމަށް ވެސް ވަނީފެންބޮވައިގެންފައެވެ. ނަމަވެސް އާއިލާ އާއި އެކު ގިނަވަގުތު ހޭދަކުރުމަށް ވެސް އޭނާ ވަނީ ބޭނުންވެފައެވެ.

މި ނުރައްކާތެރި ބަލިމަޑުކަމުގައި އެތައް ފަރާތްތަކަކަށް ހިތާމަތައް ކުރިމަތިވާއިރު އިންޑިޔާގެ ފިލްމީތަރި އެލީނާ ޑީ.ކްރޫޒަށް ވަނީ އަމިއްލަ ދިރި އުޅުމާއި މަސައްކަތަށް ވެސް އަސަރުކޮށްފައެވެ.

އެލީނާ ބުނާގޮތުގައި މިދިޔަ އަހަރު ކުރިމަތިވި މި ނުރައްކާތެރި ކޮވިޑް 19ގެ ބަލިމަޑުކަމުގައި އޭނާގެ އާއިލާގެ މެންބަރަކު ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އާއިލާގެ ކޮން މެންބަރެއްކަން އެލީނާ ހާމަ ނުކުރިޔަސް އެއީ އޭނާގެ ވަރަށް ގާތް، އެހާމެ ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމުގައި ހާމަކޮށްފައި ވެއެވެ. އަދި އާއިލާގެ މެންބަރު ދުނިޔެއާއި ވަކިވެދިޔައިރު ދުރުގައި ހުރެވުނީތީ އެކަމާ ހިތާމަ ކުރާކަމަށް އެލީނާ ބުނެއެވެ.

އެހެންކަމުން މި ދުވަސްކޮޅު އާއިލާ އާއި އެކު ވަގުތު ހޭދަކުރަން ބޭނުންވާކަމަށް އެލީނާ ވަނީ އޭނާ ކުރި ޕޯސްޓެއްގައި ހާމަކޮށްފައެވެ. ހަމަ އެއާއި އެކު މި ފަންނާނު އޭނާގެ އެކްޓިންގެ މަސައްކަތަށް ނުކުތުމަށްވެސް އެހާބޮޑަށް ބޭނުންވެފެފައިވާކަމަށް ހާމަކޮށްފައިވެއެވެ.

އިންޑިއާގައި ކޮވިޑް 19 ގެ ބަލިކަން އިންތިހާއަށް ބޮޑުވެފައި މިވާ ދުވަސް ކޮޅުގައި ބޮލީވްޑްގެ ގިނަ ތަރިން ދިރި އުޅޭ މުންބާއީ ހިމެނޭ މަހާރަސްތްރާގައިވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ބަލީގައި ދުނިޔެ އާއި ވަކި ވަމުންނެވެ. އެގޮތުން ފިލްމީތަރި އަދި ޑްރާމާ ކުޅުމުގައި މަޝްޙޫރު ހީނާ ހާންގެ ބައްޕަވެސް ވަނީ މީގެ ހަފުތާއެއްކުރިން މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.