1 މޭ ގައި މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރަސާރައާއި ދެކޮޅަށް ސުލްޙަވެރި އެއްވުމެއް ބާއްވަން "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ވަނީ ނިންމާފައި. މި އެއްވުން ބާއްވަން ހަމަޖެހިފައިވަނީ 1 މޭ ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:45 ގައި ރަސްފަންނު ސަރަހައްދުގައި. ދައުވަތު އަރުވަން.

މޭޑޭ ނުވަތަ މާސައްކަތްތެރިންގެ ދުވަހުގެ މުޒާހަރާ ޚާއްސަ ކުރާނީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ކަމަށް މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން ބުނެފިއެވެ.

އިންތިޒާމު ކުރާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބުނީ މިއީ ސުލްހަވެރިކަމާއެކު ބާއްވާ އެއްވުމެއް ކަމަށެވެ. މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 1 މެއި 2021 ވާ ހޮނިހިރު ދުވަހުގެރޭ 8:45 ގައެވެ. މުޒާހަރާ ނުވަތަ ސުލްހަވެރި އެއްވުން އޮންނާނީ މާފަންނު ރަސްފަންނު ސަރަހައްދުގައި ކަމަށް ވެސް އެތަނުން ވަނީ ބުނެފައެވެ.

މިއެއްވުމުގެ މަގުސަދަކީ ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި އާންމުވެފައިވާ ޖިންސީ ފުރައްސާރަ ކުރުމައި ޖިންސީ ގޯނާކުރުމުގެ މައްސަލަތަށް އިންސާފު ހޯދައިދީ ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލެއްވުމެވެ.

މިއެއްވުމުގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށް އިންތިޒާމް ކުރާ ފަރާތުން ވަނީ އެދިފައެވެ.