ބޭނުންވާ ތަކެތި

½ 1 ޖޯޑު ހަކުރު

100 ގުރާމު ބަޓަރ

1 ޖޯޑު ފުލްކްރީމް މިލްކް

2 މޭޒުމަތީ ސަމުސާ ވިނިގާ

2 ޖޯޑު ފުށް

2 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ

½ މޭޒުމަތީ ސަމުސާ ބޭކިން ސޮޑާ

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

3 ކުކުޅުބިސް

1 މޭޒުމަތީ ސަމުސާ ވެނިލާ އެސެންސް

¼ ޖޯޑު ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް

ހަކުރާއި ބަޓަރ މިލްކް ވިނިގާ ބިސް މިކްސަރުން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފުށް ފުރާނާނާލާފައި އެއްކޮށްލާށެވެ. ދެން ވެނީލާ އެސެންސާއި ބޭކިން ސޮޑާ ބޭކިން ޕައުޑަރ އެއްކޮށް އަތުން ގިރާލާށެވެ. އެއަށްފަހު ގިރި ފުށްގަނޑު 2 ބަޔަށް ބަހާލާށެވެ. ދެން އެތަނުން އެއްބަޔަށް ކޮކޯ ޕައުޑަރ (ފުރޭނުމަށްފަހު) އެއްކުރާށެވެ. ދެން ކޭކު ފިހާ ޓްރޭގެ ދަށުގައި ބޭކިން ޕޭޕަރ އެޅުމަށްފަހު ފުރަތަމަ ކޮކޯ ޕައުޑަރ އެޅި ފުށް ސަނބުސަލެއް އަޅާށެވެ. އެއަށްފަހު ކޮކޯ ޕައުޑަރ ނާޅާ ކޭކު މިކްސް ސަމުސަލެއް އަޅާށެވެ. މިގޮތަށް ފަހަރަކު ސަމުސަލެއް އަޅަމުން ގޮސް އެންމެ ފަހުން އަޅާނީ ކޮކޯ ޕައުޑަރ އެޅި ފުށްގަނޑުން ސަމުސަލެކެވެ. އެއަށްފަހު އިލޮށިކޮޅަކުން (ޓޫތް ޕިކް) މަލަކަށް ވާނޭހެން ރޮނގު ދަމާލާށެވެ. ދެން އަވަން ހޫނުކުރުމަށްފަހު 180 ޑިގްރީ ގައި ބަހައްޓައިގެން ފިހެލާށެވެ.