އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިޚާބު ގައި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު އަލުން ހުޅުވައިފިއެވެ. އެމްޑީޕީން ބުނެފައިވަނީ މި ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެރޭ މެންދަމު 12.00 އާއި ހަމައަށް އޮންނާނެ ކަމަށެވެ.

މިފުރުޞަތަކީ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރުމުގެ ކުރިން ދެވޭ އެންމެ ފަހު ފުރުޞަތެވެ. އެހެން ކަމުން މިފުރުޞަތުގެ ބޭނުން ހިފުން ވަރަށް މުހިންމު ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ. ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް ނެރުމަށް ހަމަޖެހިފައިވަނީ މިމަހު 18 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ކެންޕޭން ފޯރިވެސް މިހާރުވަނީ ވަރަށް ގަދަވެފައެވެ. މިއީ މުހިންމު ދަނޑިވަޅެއްގައި ބާއްވާ މުހިންމު އިންތިޚާބެކެވެ.