ސީއެންއެންގެ ޓްރެވަލް ރިޕޯޓްގައި ހާމަކުރިގޮތުގައި އިންޑިއާ އަށް ކުރިމަތިވި ކޮވިޑްގެ ދެވަނަ ރާޅުގައި ބޮލީވުޑް ތަރިން ފިލަން ވަން ހަރަކީ ދިވެހިރާއްޖެއެވެ.
އިންޑިއާގެ މުއްސަނދި ފައިސާވެރިން އެޤައުމުގައި ކޮވިޑްގެ ހާލަތު އެންމެ ނުރައްކާވި ދަނޑިވަޅުގައި ޚިޔާރުކުރީ ދިވެހި ރާއްޖެއެވެ. މިހާރު ދިވެހިރާއްޖޭގެ ޓްވަރިޒަމް މިނިސްޓްރީއިން ވަނީ އަންގާރަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާ ގައުމުތަކަށް ދަތުރުކޮށްފައިވާ މީހުނަށް ވިސާ ދިނުން 14 ދުވަހަށް ހުއްޓާލާފައެވެ.
ދިވެހިރާއްޖެއިން މި ފިއަވަޅު އެޅީ ދުވާލަކު ފައްސިވަމުން ދާ މީހުންގެ އަދަދު ސަތޭކައިން ފަނަރަ ސަތޭކައަށް އިތުރުވުމުންނެވެ.
ދިވެހިރާއްޖެ އަކީ މިދިއަ އަހަރު ކޮވިޑްގެ ބަލި، ގައުމުތަކުގައި ފެތުރެމުން ދިޔަ އިރުވެސް ފަތުރުވެރީންނަށް ބޯޑަރު ހުޅުވާލި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ވޭތުވެ ދިޔަ ހަފުތާތަކުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ އިންޑިޔާގެ މުއްސަނދިންނާއި ބޮލީވުޑް ތަރިން އެންމެ ގިނައިން ޗުއްޓީހޭދަ ކުރި އަގުބޮޑު މަންޒިލަށް ވެފައެވެ.
މިއަހަރު މާރިޗުމަހުގެ މެދު ތެރޭގައި އިންޑިއާ ގައި ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު މައްޗަށް ދާން ފެށުމުން ބޮލީވުޑްގެ ގިނަ ތަރިން ގައުމުން ބޭރަށް ދަތުރުކުރިއެވެ.
ސީ އެންއެން އިން ރިޕޯޓް ކުރާ ގޮތުގައި މިއަހަރުގެ ޖެނުއައަރީން މާޗްގެ ނިޔަލަށް ހަތް ދިހަ ހާ ހަށް ވުރެ ގިނަ އިންޑިޔާގެ ފަތުރުވެރިން ދިވެހިރާއްޖެ އަށް ދަތުރުކޮށްފައިވެއެވެ.