ޒީޓީވީން 2009 އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ގެނެސްދެމުން ދިޔަ މަޝްހޫރު ޑްރާމާ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގެ ބަތަލާ އަންކިތާ ލޮކަންޑޭ އޭނާގެ ފޭވަރިޓް ކޯ ސްޓާރަކީ މަހްރޫމް ސުޝާންތު ސިންގް ރާޖްޕުތު ކަމަށް ބުނެފައިއެވެ.
އޭންކިތާ މިހެން ބުނެފައިވަނީ އޭނާ ދިން އިންޓަވިއުއެއްގައި ފޭވަރިޓް ކޯސްޓާރަކީ ކާކުތޯ އަހައި ކުރެވުނު ސުވާލަށް ޖަވާބުދެމުންނެވެ. މިދެތަރިން ވަނީ ޑްރާމާ ސިލްސިލާ ޕަވިތުރަ ރިޝްތާ އިން އެކީ ފެނިގެން ގޮސްފައިއެވެ. މީގެ އިތުރުން މި ދެތަރިން ވަނީ 6 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. ސުޝާންތު މިދިޔަ އަހަރު މަރުވެފައިވާއިރު އޭނާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެންކަމަށް ބެލެވެއެވެ. ސީބީއައި އިން ދަނީ މި ކޭސް އިންވެސްޓިގޭޓް ކުރަމުންނެވެ.
ހަޔާތުގެ ބައިވެރިޔާގެ ކިބައިން އެންމެ ދެކެން ބޭނުންވާ ސިފަތަކަކީ ކޮބައިތޯ ސުވާލު ކުރުމުން އަންކިތާ ބުނެފައިވަނީ ތެދުވެރިކަމާއި އޭނާގެ އިހުސާސްތަކަށް އިހުތިރާމް ކުރުން އެއީ ވަރަށް ދެކެން ބޭނުންވާ ސިފަތަކެއް ކަމުގައިއެވެ.
ފޭވަރިޓް ކޯ ސްޓާރަކާއި ބޭހޭގޮތުން ސުވާލު ކޮށްލުމުން އޭނާ ބުނެފައިވަނީ "އަހަންނަށް ހީވަނީ ސުޝާންތު ހެން. އެހެނީ އަހަރެން ވަނީ އޭނާއާއެކީ މަސައްކަތް ކޮށްފައި" ކަމަށެވެ. ސުޝާންތު ބޮލީވުޑްގެ ދުނިޔެއަށް ނިކުތުމުގެ ކުރިން މި ދެތަރިން އެކީ ވަނީ ސިލްސިލާ ޕަވިތްރަ ރިޝްތާ އިން ފެނިގެން ގޮސްފައިއެވެ.
އިތުރު ސުވާލަކަށް ޖަވާބު ދެމުން އަންކިތާ ބުނެފައިވަނީ އޭނާ ގުޅުމެއްގައި ބަރުދާސްތު ނުކުރާނެ އެއްކަމަކީ ދޮގުހެދުން ކަމަށެވެ. "ހިތުގައި އޮންނަ ކޮންމެ އެއްޗެއް, އަހަރެން ކަމުދިޔަސް ކަމުނުދިޔަސް ތެދުތެދަށް އަހަންނަށް ކިޔައިދޭންވީ. އަހަރެން މީ އަހަރެންގެ ގާތް މީހުންނާއި މެދު ވަރަށް ޕޮސެސިވް ވާ މީހެއް މީހަކު އަހަންނަށް ދޮގު ހެދުމުން އަހަންނަށް ވަރަށް އަސަރުކުރޭ" އަންކިތާ ބުނެފައިވެއެވެ. މީގެ އިތުުރަށް އޭނާ ބުނެފައިވަނީ އޭނާއަކީ ސަޖިޓޭރިއަން އެއް ކަމަށާއި އޭނާއަށް ދޮގު ހަދާނަމަ އެކަމެއް އިންވެސްޓިގޭޓްކޮށް އެކަމެއް އޭނާ ހޯދާނެ ކަމަށެވެ.
މީގެ އިތުރުން އަންކިތާ ބުނެފައިވަނީ އޭނާއަކީ އަބަދުވެސް ވަރަށް އިމޯޝަނަލް މީހެއް ކަމަށާއި އެހެންކަމުން އޭނާގެ އެއްވެސް ސިފައެއް ބަދަލު ކުރާނަމަ ބަދަލު ކުރާނީ އޭނާގެ އިމޯޝާނަލް ކަންކަމް ކަމުގައިއެެވެ. އެހެނީ އަބަދު ހިތުގެ އަޑުއެހުމުގެ ބަދަލުގައި ސިކުނޑި ބުނާފަދައިން ވެސް ކޮންމެވެސް ވަރަކަށް ކުރަންޖެހޭ ކަމަށާއި އޭނާ މިހާތަނަށް އަބަދުވެސް ކަންތައް ކޮށްފައިވަނީ ހިތް އެދޭ ގޮތަށް ކަމަށް ވެފައި ކުރިއަށް އޮތް ތަނުގައި ސިކުނޑި ބުނާ ގޮތަށް ކަންތައްކުރެވޭތޯ ބަލާނެކަމަށް އޭނާ ބުނެއެވެ.
މީގެ ދުވަސްތަކެއް ކުރިން އިންސްޓަގްރާމް ގައި ލައިވް ވަމުން އޭނާވަނީ ސުޝާންތުގެ މަރަށްފަހު އޭނާއަށް އަމާޒު ވަމުންދާ ނުރުހުމާ ގުޅެގޮތުން ވާހަކަ ދައްކައި އެޔަށް ހުއްޓުމެއް ގެނެސްފައިއެވެ. ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ފޭނުންނަކަށް އޭނާއާއި ސުޝާންތު ހިއްސާ ކުރި މާޒީއާއި ބެހޭތުން އެއްވެސް އެއްޗެއް ނޭނގޭ ކަމަށާއި އެ ދެމީހުން ވަކިވީ ސުޝާންތު އޭނާގެ ކެރިއާއަށް ސަމާލުކަން ދޭން ބޭނުންވެގެން ކަމަށާއި ސުޝާންތަކީ އަބަދުވެސް ހަޔާތުގައި ކާމިޔަބު މީހަކަށް ވާން ބޭނުންވި މީހެއް ކަމަށާއި އޭނާ ކަންތައް ކުރީވެސް އެފަދައިން ކަމަށެވެ. ''ސުޝާންތު އޭނާ ބޭނުންވި ރާސްތާއިން ކުރިއަށް ދިޔައީ މިކަމުގަ އަހަރެންގެ ކުށެއް އޮތްކަން ސާބިތުވަނީ ކިހިނެތް؟ މިކަމުގެ ސަބަބުން އަހަރެންގެ ބޮލުގައި އިލްޒާމު އަޅަން ވީ ކީއްވެ؟ އަހަންނަށް ކުރެވުނީ ކޮން ކުށެއް؟ އެކަކަށް ވެސް އަހަރެންގެ ވާހަކައެއް ނޭނގޭ އެހެންވީމަ އަހަރެންގެ ބޮލުގައި އިލްޒާމު އެޅުވުން ހުއްޓާލާ. ވަރަށް ދެރަވޭ އެފަފައިން ކަންތައް ކުރާތީ'' އަންކިތާ ބުނެފައިވެއެވެ.