ޓީވީ ބަތަލާ އަންކިތާ ލޮކަންޑޭ އޭނާގެ ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔާ ވިކީ ޖެއިންއާ ކައިވެނި ކުރުމާ ބެހޭގޮތުން ވިސްނަމުންދާ ކަން ހާމަ ކޮށްފިއެވެ. މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 3 އަހަރު ފުރުން މިދިޔަ މަހުގައި ފާހަގަ ކޮށްފައިއެވެ.
ދާދި ފަހުން ދީފައިވާ އިންޓަވިއުއެއްގައި އަންކިތާ ވަނީ އޭނާގެ ކައިވެނީގެ ޕްލޭން ހިއްސާކޮށްފައިއެވެ. އޭނާ ބުނެފައިވަނީ އޭނާއަށް ކަމުދަނީ ރާޖިސްތާނީ ސްޓައިލްގެ ކައިވެނިތައް ކަމަށެވެ. ކައިވެނި ޕްލޭން ގެ އިތުރުން އަންކިތާ ވަނީ ލޯތްބާއި ބެހޭ ގޮތުންވެސް ވާހަކަ ދައްކާފައިއެވެ.
ކައިވެންޏާއި ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ކައިވެންޏަކީ ވަރަށް ރީތި ގުޅުމެއް ކަމަށާއި އޭނާ ހުރީ އޭނާގެ ކައިވެންޏަށް ވަރަށް ބޮޑަށް އެކްސައިޓެޑް ވެފައި ކަމަށާއި ކައިވެނި ވަރަށް އަވަހަށް އޮންނާނެ ކަމަށް އުއްމީދު ކުރާމުންދާ ކަމަށެވެ. އޭނާއަށް ރާޖެސްތާނީ ކައިވެނިތައް ކަމުދާ ކަމަށާއި އެހެންނަމަވެސް ޕްލޭން ކުރާނީ ކޮންކަހަލަ ވެޑިންއެއް ކަމެއް އަދި ޔަގީން ނުވާކަމަށްވެސް އަންކިތާ ބުނެއެވެ. ލޯތްބާއި ބެހޭގޮތުން ވާހަކަ ދައްކަމުން އަންކިތާ ބުނެފައިވަނީ އޭނާއަށް ލޯތްބަކީ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށާއި އޭނާއަށް ހުރިހާ ތަނަކުން ވެސް ލޯބި ބޭނުން ވާ ކަމަށެވެ. ލޯތްބަކީ އޭނާއަށް ކާނާ ފަދަ އެއްޗެއް ކަމަށް ވެސް ބުނެފައިވެއެވެ. އޭނާ ކޮންމެތަނަކަށް ދިޔަނަމަވެސް ކޮންމެ ކަމެއް ކުރިނަމަވެސް އޭނާއަށް ލޯބި ކޮންމެހެންވެސް ބޭނުން ކަމަށެވެ. ލޯތްބަކީ އޭނާ އެންމެ އިސްކަމެއްދޭ ކަންތައް ކަމަށް ވެސް އަންކިތާ ބުނެއެވެ.
އިތުރަށް ވާހަކަ ދައްކަމުން އަންކިތާ ވަނީ އޭނާ ވިކީއަށްޓަކައި ގުލާބް ޖާމު ހަދައި ދޭން އުޅުން ދުވަސް މަތިން ހަނދާން ކޮށް އެ ވާހަކަ ހިއްސާ ކޮށަފައިއެވެ. "ލޮކްޑައިން ތެރޭ ވިކީއަށްޓާކައި ގުލާބް ޖާމުން ހަދައި ދޭން އުޅުނީ. އެކަމަކު އެ ގުލާބު ޖާމުން އަނދާ އެއްކޮށް ކަޅުވެފައި ހުރީ . ގުލާބު ޖާމުން އެނދި ނަމަވެސް ވިކީ އެ ގުލާބު ޖަމުން ކެއި" އަންކިތާ ބުނެފައިވެއެވެ.
އަންކިތާ އަކީ އަބަދުވެސް އެދެމީހުން އެކީ ކޮށް އުޅޭ ކަންތައް އޭނާގެ ސޯޝާލް މީޑީއާ އެކައުންޓްތަކުގައި ހިއްސާ ކުރާ ތަރިއެކެވެ. އެދެމީހުން ހޯލީ ހީންދޫން ފަހަގަ ކުރާ ހޯލީ ފާހަގަ ކުރި ދުވަހުގެ މަންޒަރުތަކެއް ހިމެނޭ ވީޑީއޯ ތަކެއްވެސް އޭނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިއެވެ. އެދެމީހުން އެކަކު އަނެކަކު ގާއިގަ ކުލަ ހާކާ އަދި ފެންބަޑިން އެކަކު އަނެކަކު ގަޔަށް ފެން ޖަހާ މަންޒަރު ތަކުގެ އިތުރުން އެކީގައި ލަވަތަކަށް ނަޝާތަން ވެސް ވަނީ އެ ވިޑިއޯތަކުން ފެނިގެން ގޮސްފައެވެ.
ވިކީ އާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން އޭނާ ވަނީ މަހްރޫމް އެކްޓަރު ސުޝާންތު ސިންގު ރާޖްޕުޓް އާއި ވެސް ލޯބިގެ ގޮތުން ގުޅިގެން އުޅެފައިއެވެ. އެ ދެމީހުން ހަ އަހަރޔު ދުވަހު ގުޅިގެން އުޅުމަށްފަހު ވަނީ 2016 ވަނަ އަހަރު ވަކިވެފައިއެވެ. އަންކިތާ މީގެ ދުވަސްތަކެއް ކުރިންވަނީ އޭނާއާއި ސުޝާންތުގެ ވަކިވުމާ ބެހެގޮތުން ވާހަކަ ދައްކާފައިއެވެ. މިދަޔަ އަހަރުގެ ތެރޭގައި ސުޝާންތު މަރުވެފައިވާރިރު ބެލެވޭ ގޮތުގައި އޭނާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެންނެވެ.