ލުބުނާންގެ ވެރިރަށުގައި އަނެއްކާވެސް އައު ގޮވުމެއް ގޮވައިފިއެވެ. ހުކުރު ދުވަހު ހަވީރު ގޮވާފައިވަނީ ބެއިރޫތަށް ވަންނަން އޮންނަ އައު މަގުގައި ހުރި ގުދަނެއް ގައެވެ.
މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ލުބުނާންގައި ދެން ގޮވާނީ އިޖުތިމާއީ ގޮވުމެކެވެ. އިގްތިސާދީ ދަތި ތަކާ ހެދި މީހުންގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އެންމެފަހުގެ ގޮވުން ގޮވާފައި ވަނީ މެޒޯޓް ކިޔާ މާއްދާއެއް ގުދަން ކޮށްފައި ހުރި ގުދަނެއްގައެވެ.
މިހާދިސާގައި މީހަކަށް ހާނިއްކައެއް ނުވެއެވެ. އަލިފާން ނިއްވާ ފަރާތްތަކުން ވަނީ ވަގުތުން ހަރަކާތްތެރިވެ އަލިފާން ގަނޑު ކޮންޓްރޯލު ކޮށްފައެވެ.
އޮގަސްޓް މަހު ބެއިރޫތުގެ ޕޯޓްގައި ގޮވުމުގެ ސަބަބުން 190 މީހުން މަރުވެފައި ވެއެވެ.
ލުބުނާންގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ކެބިނެޓް ބަހާނެ ގޮތަކާ މެދު އެއްގަލަކަށް އެރިފައި ނުވާތީ ބޮޑު ވަޒީރަކު ހަމަޖެއްސުމަށް ވަނީ ނުކުޅެދިފައެވެ. އަނެއްކާވެސް އައު މަޝްވަރާތައް ދެން ބާއްވަން ނިންމާފައި ވަނީ މިމަހު 15 ގައެވެ.