ބަންގްލަދޭޝްގައި ރޭޕްގެ މައްސަލަތަކާ ހެދި ކުރާ މުޒާހަރާތައް ހޫނު ވުމާ ގުޅިގެން ރޭޕް ކުރާ މީހުން ދަންޖައްސަން ބަންގްލަދޭޝްއިން ނިންމައިފިއެވެ.
ބަންގްލަދޭޝްގައި ފިރިހެނުންތަކެއް އަންހެނަކު ރޭޕްކޮށްލުމަށްފަހު އެ މަންޒަރު ވީޑިއޯއަށް ނަގައި މީސްމީޑިއާގައި ދައުރު ކުރުވާފައި ވެއެވެ.
މިކަމާ ގުޅިގެން ބަންގްލަދޭޝްގައި ވަނީ މުޒާހަރާތައް ބާއްވާފައެވެ.
އދއާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވަނީ ބަންގްލަދޭޝްއިން ޖިނާއީ އަދުލުގެ ނިޒާމު ވަރުގަދަ ކުރުމަށްވެސް ބާރުއަޅާފައެވެ.
މީގެ އިތުރުން ޅަ ފުރައިގެ އަންހެން ކުދިން ހިމާޔަތް ކޮށް އެކުދިންނާ ކައިވެނި ނުކުރެވޭ ގޮތަށް ގާނޫނު ހަރުކަށި ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
ބަންގްލަދޭޝްގެ ލޯ މިނިސްޓަރ ވިދާޅުވިގޮތުގައި ބޮޑު ވަޒީރު އިރުޝާދާ އެއްގޮތަށް ރޭޕިސްޓުންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނު ޑްރާފްޓް ކުރެވެމުން އެބަ ދެއެވެ.