އަންހެންކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް މާދަމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން މުހިންމު ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން ނެރުއްވި ބަޔާނެއްގައެވެ.
އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ދާއިރު މައިގަނޑު މަސައްކަތްތައް އަމާޒުވެފައިވަނީ އަންހެން ކުދިން އެކުދިންގެ އަމިއްލަ ނަފްސާއި މެދު ދެކޭގޮތް ހަރުދަނާކުރުމަށާއި، ކޮންމެ ކުއްޖަކީވެސް ޤާބިލުކަން ހުރި ކުއްޖެއްކަމާއި، މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހެވެ. މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި އ.ދ އިން ކަނޑައަޅާފައިވަނީ 19 ޑިސެންބަރު 2011 ވަނަ އަހަރުއެވެ.
މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ، ދުނިޔޭގެ އެކި ކަންކޮޅުގައި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުވައި، އަންހެން ކުދިންގެ ހައްޤުތައް ކުރިއަރުވައި، އަދި އެކުދިންނަށް އެހެން ކުދިންނެކޭވެސް އެއްހަމައެއްގައި ފުރުޞަތު ހޯދައިދިނުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް އ.ދ އިން ކަނޑައަޅާފައިވާ ޝިއާރަކީ “My Voice: Our Equal Future” އެވެ.
މި ޝިޔާރުގެ މަގްސަދަކީ އަންހެން ކުދިންގެ އަޑުއަހާއި، ހަމަހަމަ ފުރުޞަތުތައް ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މުޙިއްމުކަމާއި، ހެދޭ ސިޔާސަތުތަކަކީ ހަމަހަމަ ފުރުޞަތުތައް ލިއްބައިދޭ، ނަތީޖާގެ ހަމަހަމަކަމަށް ވާޞިލުވާ ސިޔާސަތުތަކަށްވުމެވެ. މިއީ ޖެންޑަރ އީކުއާލިޓީ ޤާނޫނުންވެސް، އަދި ހަމަ އެހެންމެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުންވެސް ބާރުއަޅާކަމެކެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހެވެ. މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި އ.ދ އިން ކަނޑައަޅާފައިވަނީ 19 ޑިސެންބަރު 2011 ވަނަ އަހަރުއެވެ.
އަދި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާއި މަސައްކަތްތަކަކީ އެ މިނިސްޓްރީން އެންމެ އިސްކަންދީގެން ކުރަމުންދާ މަސައްކަތްތައް ކަމުގައި ޖެންޑަރ ގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މިފަދަ ކަންކަމުގައި އެންމެހާ ފަރާތްތަކުން މިނިސްޓްރީ އަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.