ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު, ބޯކޮށް ވާރޭވެހުން އެކަށީގެންވާ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ޔެލޯ އެލާޓް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން މެންދުރު 12:30 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަަށެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާ ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން 4 ނުވަތަ 7 ފޫޓަށް އުފުލޭނެ ކަމަށްވެސް މެޓުން ބުންޏެވެ.

އެހެންއކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރެއެވެ.